އަހަރީ ދުވަހާ ދިމާކޮށް "ފެމިނާ"ގެ އާ ވިންގެއް
އަހަރީ ދުވަހާ ދިމާކޮށް "ފެމިނާ"ގެ އާ ވިންގެއް

މާލޭގެ މަޝްހޫރު ބިއުޓީ ސެލޫން، ސެލޫން "ފެމިނާ"ގެ އާ ވިންގެއް، "ލަޝް ބައި ފެމިނާ"ގެ ނަމުގައި ހުޅުވައިފި އެވެ.

އަހަރީ ދުވަހާ ދިމާކޮށް "ފެމިނާ"ގެ އާ ވިންގެއް
އަހަރީ ދުވަހާ ދިމާކޮށް "ފެމިނާ"ގެ އާ ވިންގެއް

އެ ވިންގަކީ އެ ސެލޫންގެ ހިދުމަތްތަކަށް ކަސްޓަމަރުންގެ ފަރާތުން އޮތް ޑިމާންޑު ބޮޑުވެ، އެ ޑިމާންޑާ އެއްވަރަށް ހިދުމަތްތައް ފުޅާކޮށް، އެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރު ކޮށްދިނުމަށް ހުޅުވާފައިވާ ވިންގެކެވެ.

ފެމިނާ ސެލޫންގެ އާވިންގުގައި ދޭ ހިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވެކްސްކޮށްދިނުމުގެ ހިދުމަތެވެ. އެ ސެލޫނަކީ ވެކްސް ކުރުމުގައި ސްޕެޓިއުލާ ޑަބަލް ޑިޕް ކުރުމުގެ ސަގާފަތަށް ނިމުން ގެނައި ސެލޫނަށް ވުމުން، އެ ސެލޫންގައި އެކަމަށް އޮންނަ ޑިމާންޑު ވަރަށް ބޮޑެވެ.

ބައެއް ފަހަރު ސެލޫންތަކުން ވެކްސްކުރަން ގެންގުޅޭ ސްޕެޓިއުލާ ވެކްސް ތެރެއަށް ޑަބަލް ޑިޕް ކުރުމުގެ ސަބަބުން، ގައިން ގަޔަށްއަރާ ހަމުގެ ބަލިތަކާއި ހަމުގެ އިންފެކްޝަން ފަދަ ބަލިތަކަށް މަގު ފަހިވެ އެވެ. ކަސްޓަމަރުންގެ ސިއްހަތާއި، ސާފުތާހިރު ކަމަށް އިސްކަންދޭ "ފެމިނާ" އަކީ އެ ތަނުގައި ޑަބަލް ޑިޕް ނުކުރުމުގެ ހަރުކަށި ޕޮލިސީއެއް ގެން ގުޅޭ ތަނެކެވެ. އެގޮތުން، ޑަބަލް ޑިޕް ކޮށްގެން ކަސްޓަމަރެއް ރިޕޯޓުކޮށްފި ނަމަ، އެ ކަސްޓަމަރަށް ބޭނުންވާ ހިދުމަތްތައް ހިލޭ އެ ސެލޫނުން ދޭނެ އެވެ.

ފެމިނާގެ އާ ވިންގުން ދޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި، އެކި ކަހަލަ ބޮޑީ މަސާޖާއި ސްކްރަބް ކުރުމުގެ ހިދުމަތް ހިމެނެ އެވެ. އަދި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ އެކި ވައްތަރުގެ ފޭޝަލްގެ ހިދުމަތްތައް ވެސް އެ ވިންގުން ލިބޭނެ އެވެ. އަލަށް ހުޅުވި އެ ވިންގުގައި ދޭ ހިދުމަތްތަކަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފޯރުކޮށްދޭނެ ހިދުމަތްތަކެކެވެ. އަދި އެ ސެލޫންގެ އެހެން ހިދުމަތްތަކެކޭ އެއްގޮތަށް އުމުރުން ދުވަސްވެ، ސެލޫނަށް ހިދުމަތް ހޯދަން ދިޔުމަށް ދަތިވާ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް އެ ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ.

ފެމިނާ ސެލޫނުން ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި، އެކި ހަފްލާތަކާއި ޕާޓީތަކަށް މޭކަޕް ކޮށްދިނުމާއި، ހެއާ އަދި ހިޖާބު ސްޓައިލް ކޮސްދިނުން ހިމެނެ އެވެ. އެ ސެލޫނަކީ އާއްމުކޮށް ބްރައިޑަލް މޭކަޕާއި، ހިޖާބު އަދި ހެއާ ސްޓައިލިންއަށް ވަރަށް ޑިމާންޑު ބޮޑު ސެލޫނެކެވެ.

އެ ސެލޫންގައި މެނިކިއޯ އަދި ޕެޑިކިއޯގެ ހިދުމަތްތައް ވަރަށް ބޮޑު ޑިމާންޑެއް އޮވެ އެވެ. އެ ހިދުމަތްތަކުގެ ތެރެއިން ނިޔަފަތި ކެނޑުމާއި، އަތާއި ފައި ސާފުކުރުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި ހެއާ ކަޓިން، ސްޓައިލިން، ރިބޯންޑިން، ސްޓްރެއިޓްނިން އަދި ރިލެންކްސިންގެ ހިދުމަތް ވެސް ދެއެވެ. ފެމިނާގެ ހިދުމަތްތަކަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތަކާ އެކު ދޭ ހިދުމަތްތަކެކެވެ. އެ ގޮތުން "މެކް"، "އަލްފްޕާފް" އަދި "ސޯތީސް"، "ކާން"، "ފުޓް ލޮޖިކްސް" ފަދަ ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް އެ ސެލޫނުން އަންނަނީ ބޭނުން ކުރަމުންނެވެ.

އަމީނީމަގުގައި، ދަރުބާރުގެ ކައިރީގައި ހުންނަ އެ ސެލޫނަށް މިއަދު އަށް އަހަރު ފުރިފައި ވާއިރު، އެ ސެލޫނަކީ ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް ހިދުމަތްދެމުން އަންނަ ފެންވަރު ރަނގަޅު ސެލޫނެކެވެ. އެ ސެލޫންގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު 3313333 އިން ލިބޭނެ އެވެ.

ނޯޓު: މިއީ ސެލޫން ފެމިނާގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.