ބެޑްމިންޓަންގެ ގްރާސްރޫޓް މަރުހަލާގައި އިތުރު ހަރުފަތެއް މައްޗަށް
ބެޑްމިންޓަންގެ ގްރާސްރޫޓް މަރުހަލާގައި އިތުރު ހަރުފަތެއް މައްޗަށް

ފުރަތަމަ ފަހަރަށް އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް އެއް އަހަރުތެރޭ ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވަނީ އެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު، މި ބަދަލު ސިފަ ކުރީ ތާރީހީ ކަމެއްގެ ގޮތުގަ އެވެ.

ބެޑްމިންޓަންގެ ގްރާސްރޫޓް މަރުހަލާގައި އިތުރު ހަރުފަތެއް މައްޗަށް
ބެޑްމިންޓަންގެ ގްރާސްރޫޓް މަރުހަލާގައި އިތުރު ހަރުފަތެއް މައްޗަށް

"އަޅުގަނޑުމެން 2008 ގައި ފެށި ދަތުރު - 'ދިގުމުއްދަތުގެ ޕްލޭނިންގެ ހަގީގީ ނަތީޖާ'،" ފޭސްބުކްގައި މޫސަ ލިޔުއްވާފައި ވެއެވެ.

ބެޑްމިންޓަންގެ ގްރާސްރޫޓް މަރުހަލާގައި އިތުރު ހަރުފަތެއް މައްޗަށް
ބެޑްމިންޓަންގެ ގްރާސްރޫޓް މަރުހަލާގައި އިތުރު ހަރުފަތެއް މައްޗަށް

އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް މި އަހަރު އޮންނާނީ މާލޭގެ އިތުރުން، ނ،. ހޮޅުދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ނެޝަނަލް ޑިވެލޮޕްމެންޓް އޮފިސާ އަހުމަދު އިޔާދު ބުނި ގޮތުގައި ކުރިން މާލެ އަށް ބަރޯސާ ވެފައި އޮތް އިންޓަ ސްކޫލް ރާއްޖޭގެ ތިން ސަރަހައްދަށް ބެހިގެން ދިއުމަކީ ބައިވެރިވާނެ ކުދިންގެ އަދަދު ގިނަވާނެ ކަމަކެެވެ.

"މީގެ ކުރިން އަތޮލުތަކުގެ ސްކޫލްތަކުން ވެސް މުބާރާތުގައި ވާދަކުރަން ވީމަ އަންނާނީ މާލެގައި އޮންނަ އިންޓަ ސްކޫލް މުބާރާތަށް،" އޭނާ ބުންޏެވެ.

ބެޑްމިންޓަ އޭޝިއާގެ ޕްރޮޖެކްޓެއްގެ ދަށުން މަސައްކަތް ކުރަމުން އަންނަ އިޔާދު ބުނީ 2020 ގައި ވެސް އިންޓަ ސްކޫލް ރާއްޖޭގެ ތިން ޒޯނެއްގައި ބާއްވަން އިއުލާން ކުރި ކަމަށެވެ. އަދި ފުރަތަމަ މުބާރާތް ހޮޅުދޫގައި ބޭއްވުނު ފަހުން، ކޮވިޑް-19 އާ ގުޅިގެން އިތުރު ސަރަހައްދުތަކުގައި ކުރިއަށް ނުގެންދެވުނީ އެވެ. މި އަހަރު މީ، ކޮވިޑަށް ފަހު އަލުން ފެށި ގްރާސްރޫޓް މަސައްކަތުގެ އެންމެ ބޮޑު ބަދަލެވެ.

"މިގޮތަށް ހެދީމަ ޕާޓިސިޕޭޝަން މަތިވެގެންދާނެ. ގިނަ އާ ޓެލެންޓް ހޯދޭނެ،" އިޔާދު ބުންޏެވެ.

ހޮޅުދު އާއި އައްޑޫގެ އިތުރުން ބ. އޭދަފުށީގައީ ވެސް ބެޑްމިންޓަންގެ ސެންޓަރެއް މިހާރު އެބަހުއްޓެވެ. ކޮވިޑްގެ ފަހުން އޭދަފުށި ވެސް އަލުން ފަށައި ގަތީ މިދިޔަ އަހަރު އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މުޅި ރާއްޖެ ހަ ޒޯނަކަށް ބަހަލާފަ އެވެ. މިވަގުތު ތިން ސަރަހައްދެއްގައި މުބާރާތް ކުރިއަށް ދިޔަސް، ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށުގައި ބެޑްމިންޓަންގެ ސެންޓަރުތައް ހެދިގެންދާނެ ކަމަށް އިޔާދު ބުންޏެވެ.

އައްޑޫގައި ބާއްވާ އިންޓަ ސްކޫލް މުބާރާތް މިހާރު ދަނީ ކުރިއަށެވެ. އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ މުބާރާތް ކުރިއަށްދާނެ އެވެ. އިޔާދު ބުނީ އައްޑޫގެ މުބާރާތަށް ގދ. އަތޮޅުގެ ސްކޫލަކުން ވެސް ވާދަކުރިކަމަށެވެ. ސެންޓްރަލްގެ މުބާރާތް ކުރިއަށްދާނީ މާލޭގައި މިއަންނަ އަންގާރަ ދުވަހުން ފެށިގެން މި މަހު 18 އަށެވެ. އަންނަ މަހު ނ. އަތޮޅުގައި އިންޓަ ސްކޫލް މުބާރާތް ފެށާނެ އެވެ.

"މިހެން ހެދީމަ މީގެ ޕޮޕިއުލާރިޓީ އިތުރުވެގެން އެބަދޭ،" އޭނާ ބުންޏެވެ.

ރަށްރަށުން އަލަށް ސީއެޗްއެސްސީ އާ ގުޅުނު ކުދިންނާއެކު އިންޓަ ސްކޫލް މުބާރާތުގައި ބައިވެރިވާން ހުޅުވާލުމުން 70 އަށް ވުރެ ގިނަ ކުދިން އެ ސްކޫލުން، ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިޔާދު ބުންޏެވެ.

"މިއީ ސީއެޗްއެސްސީގައި ދުވަހަކު ވެސް ވީ ކަމެއް ނޫން. އޭގެ [ރަށް ރަށުގައި ހިންގުނު ޕްރޮގްރާމްތަކުގެ] އައުޓްކަމް މި ފެންނަނީ." އޭނާ ބުންޏެވެ.

"ޑީ ސެންޓްރަލައިޒް ޑިވެލޮޕްމެންޓްގެ ނަތީޖާ އެބަ ފެނޭ މިހާރު. ވިލާ [ހައި ސްކޫލް] އަދި ސީއެޗްއެސްސީ ތަންތަނުން ބައިވެރިވާން ހުޅުވާލީމަ އެ ދެ ތަނުން ކުދިންގެ އަދަދު ގިނަވީމަ ސަޕްރައިޒު ވެގެން އެ ވާހަކަ އެބައޮތް ހިއްސާކޮށްފައި. އެ ސްކޫލްތަކުން ފާހަގަ ކޮށްފަ އެބައޮތް މީ އެ ސްކޫލްތަކުގައި ދުވަހަކު ވެސް ވީ ވަރެއް ނޫނޭ."

އޭނާ ބުނީ އިތުރު ރަށްރަށުގައި ޓްރޭނިންތައް ފެށުމަށް ސްކޫލް ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ތެރެއިން ދަރިވަރުންގެ ޝައުގުވެރިކަން އުފެއްދުމަށް ސެޝަންތައް ބާއްވައި ކޯޗުން ތަމްރީން ކުރަމުގެ ޕްރޮގްރާމްތައް ވެސް އެކި ރަށްރަށުގައި ހިންގަމުންދާކަން އޭނާ ފާހަގަ ކުރި އެވެ.