ދިރާގުން 450ރ. އަށް 50 ޖީބީ ލިބޭ އޮފާއެއް
ދިރާގުން 450ރ. އަށް 50 ޖީބީ ލިބޭ އޮފާއެއް

ދިރާގު ކަސްޓަމަރުންނަށް ސްޓްރީމްކޮށް، ބްރައުޒްކޮށް، ގޭމްކުޅުމަށް ހާއްސަކޮށް 450ރ. އަށް 50 ޖީބީ ލިބޭ އޮފާއެއް ތައާރަފުކޮށްފި އެވެ.

އެ އޮފާ އަކީ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ 30 ދުވަހުގެ އޮފާ އެކެވެ. އެ އޮފާ ދިރާގު އެޕާއި އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް އެ އޮފާ އެކްޓިވޭޓު ކުރެވޭނީ '50ޖީބީ' ޖަހާފައި 343 އަށް މެސެޖު ކޮށްގެންނެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ތަފާތު ގިނަ އޮޕްޝަންތަކެއް ހުރެއެވެ. އެގޮތުން ދިރާގު ކޮމްބޯ ޕްލޭނުން ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސްގެ ޕެކޭޖުތައް ހިޔާރު ކުރެވެއެވެ. އަދި ސަޅި ޕްރީޕެއިޑް ޕްލޭނުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހްތިޔާރު ކުރެވެ އެވެ. އެ ޕްލޭނުން ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެ އެވެ.