08 ސެޕްޓެމްބަރ 2022 - 06:43

ތެލޫގޫ އަދި ކަންނަޑާ ފިލްމުތަކުގައި މަގްބޫލު، ރަޝްމިކާ މަންދަންނާ ބޮލީވުޑްގެ ފިލްމެއް ކުޅުމަށް އެއްބަސްވީ އެ ފިލްމު އިންޑަސްޓްރީގައި ހުރި ވަރެއް ބަލައިލަން ކަމަށް އޭނާ ބުނެފި އެވެ.
ރަޝްމިކާ ބުނީ އޭނާ ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ ފަސް އަހަރުވެފައިވާ ކަމަށާއި މިވަގުތު އޭނާ އެ އުޅެނީ އަޖުމަ ބެލުމުގެ މަރުހަލާއެއްގައި ކަމަށެވެ. އަދި ބޮލީވުޑްގެ ފިލްމަކަށް އެއްބަސްވީ އެ ވިސްނުމުގައި ކަމަށް އޭނާ ބުންޏެވެ.
ރަޝްމިކާ ބުނި ގޮތުގައި މިހާތަނަށް އޭނާ ހުރިހާ ސްކްރިޕްޓެއް ވެސް ނެގީ ކާމިޔާބުވާނެކަން އޭނާއަށް ގަބޫލުކުރެވޭތީ ކަމަށާއި މިފަހަރު ވެސް އެކަން ކުރީ އެ އުސޫލުން ކަމަށެވެ.
"އަހަންނަކަށް ނޭނގޭ ރަނގަޅީ އަދި ގޯހީ ކޮން ކަމެއް ކަމެއް. އަހަންނަކަށް ނޭނގޭ މީހުން އުންމީދުކުރާ ކަމެއް. އެކްޓަރެއްގެ ހައިސިއްޔަތުން އަހަރެން ބޭނުންވަނީ ވަރަށް ރަނގަޅު ފިލްމުތަކެއްގައި މަސައްކަތްކުރަން،" ރަޝްމިކާ ބުންޏެވެ.
ހިޓުވި، "ޕުޝްޕާ" ގެ ލީޑު ބަތަލާ، ރަޝްމިކާ ބޮލީވުޑަށް ނިކުންނަނީ "ގުޑްބާއީ" ނަމަކަށް ކިޔާ ފިލްމަކުން ބޮލީވުޑްގެ ލެޖެންޑް އަމީތާބު ބައްޗަން އާއި ނީނާ ގުޕްތާއާ އެކުގަ އެެވެ. އެ ފިލްމުގައި އޭނާ ކުޅޭނީ އަމީތާބުގެ ދަރިއެއްގެ ރޯލެވެ.
ގުޑްބާއީ އަކީ އޮކްޓޫބަރު ހަތެއްގައި ރިލީޒްކުރާ ގޮތަށް އޮތް ފިލްމެކެވެ.