07 ސެޕްޓެމްބަރ 2022 - 14:29

ސްރީލަންކާގެ ސަރުކާރުން، އެ ގައުމުގެ އެންމެ ވަރުގަދަ ވިޔަފާރިތަކަށް ދޭ ކްރައުން އެވޯޑު، ޕިރަމިޑުން މާކެޓުކޮށް ޑިސްްރިބިއުޓް ކުރާ މަންޗީ ބިސްކޯދަށް ދީފި އެވެ.

އެ ބްރޭންޑުގެ އެކި ވައްތަރުގެ ގިނަ ބިސްކޯދު ވިއްކަމުން އަންނަ ޕިރަމިޑުން ބުނީ މަންޗީ ބްރޭންޑަށް އެންމެ ގިނަ ބިސްކޯދު އެކްސްޕޯޓް ކުރި ބްރޭންޑު ޓައިޓްލް ވެސް ލިބިފައިވާ ކަމަށެވެ. އަދި ލަންކާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އެ ބްރޭންޑަކީ އެ ފިހާރައިގައި ވެސް އެންމެ ޑިމާންޑު ބޮޑު އެއް ބްރޭންޑު ކަމަށާއި، ދިވެހިންގެ މެދުގައި ވެސް މަންޗީގެ ބިސްކޯދުތަކަކީ މަގުބޫލުކަން ބޮޑު އެއްޗެއް ކަމަށް ވެސް ބުންޏެވެ.
މަންޗީ ބިސްކޯދު އުފައްދާ ކުންފުނި ސިލޯން ބިސްކަޓް ލިމިޓެޑްގެ އެންމެ ބޮޑު އަމާޒަކީ ރަނގަޅު އިންގްރީޑިއަންޓްސް ބޭނުންކޮށްގެން ތާޒާ ބިސްކޯދުގެ ބާވަތްތައް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބިސްކޯދު އުފެއްދުމުގައި ނިއުޓްރިޝަނަލް ވެލިއު ހުންނަ ތަކެއްޗަށް އިސްކަން ދީ، ހޯމްގްރޯން އިންގްރީޑިއަންޓްސް ބޭނުން ކުރުމަށް އިސްކަން ދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
މަންޗީ ބިސްކޯދަކީ އާޓިފިޝަލް އެކި ތަކެއްޗާ ދުރުހެލި، ހުރިހާ އުމުރުގެ މީހުންނަށް ވެސް ރަނގަޅު ބިސްކޯދެއް ކަމަށް ޕިރަމިޑުން ބުނެއެވެ. ޕިރަމިޑުން ބުނީ އެ ފަދަ ބްރޭންޑެއް ރާއްޖެ ގެނެސް ވިއްކަނީ، އެ ބިސްކޯދަކީ ރައްކާތެރިކަމާ އެކު ތައްޔާރު ކޮށްފައިވާ ރަހަމީރު، އެންމެންނާ ގުޅޭ އުފެއްދުމަކަށް ވާތީ ކަމަށެވެ.
މަންޗީގެ އުފެއްދުންތައް ޕިރަމިޑުން ވިއްކަމުންދާތާ 30 އަހަރުވެއްޖެ އެވެ.