07 ސެޕްޓެމްބަރ 2022 - 10:34

މ. ދިއްގަރު ބިން ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން ހިއްކާފައިވާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީން ހަވާލުވެއްޖެ އެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ.
އެމްޓީސީސީން ބުނިގޮތުގައި، އެ މަޝްރޫއުގެެ ދަށުން 1470 މީޓަރު ސަރަހައްދުގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖަހަން ވަނީ ހަމަޖެހިފަ އެވެ.
އެމްޓީސީސީން އެ މަޝްރޫއާ ހަވާލުވެފައި ވަނީ ހަތް މަސް ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަގަކީ 17.2 މިލިއަން ރުފިޔާ އެވެ.
ދިއްގަރަކީ އުދައެރުމުގެ ސަބަބުން ގިނަ ގުނަ ގެއްލުންތަކެއް އަބަދުވެސް ކުރަމުން އަންނަ ރަށެކެވެ. މިދިޔަ މަހު އެމްޓީސީސީން ނިންމާލި 121.8 މިލިއަން ރުފިޔާގެ އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާ އެކު އެކަމަށް ހައްލު ލިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
އެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާ، ބޭރުތޮށި ލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.