މަސް ދުވަހުން ސުޝްމިތާ އާއި ލަލިތުގެ ގުޅުން ނިމުނީ؟
މަސް ދުވަހުން ސުޝްމިތާ އާއި ލަލިތުގެ ގުޅުން ނިމުނީ؟

ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑްގެ ތަރި، ސުޝްމިތާ ސެން އާއި ވިޔަފާރިވެރިޔާ ލަލިތު މޯދީ ރައްޓެހިވިތާ މަސް ދުވަސް ފަހުން ބްރޭކްއަޕްވެފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ.

މަސް ދުވަހުން ސުޝްމިތާ އާއި ލަލިތުގެ ގުޅުން ނިމުނީ؟
މަސް ދުވަހުން ސުޝްމިތާ އާއި ލަލިތުގެ ގުޅުން ނިމުނީ؟

އުމުރުން 46 އަހަރުގެ ސުޝްމިތާއަކީ "ޕާޓްނާ" ކަމަށް އިއުލާންކޮށް ޕޯސްޓްކުރުމަށް ފަހު ލަލިތު ވަނީ އޭނާގެ އިންސްޓަގްރާމު ބަޔޯގައި ވެސް "މައި ލަވް" ޖެހުމަށް ފަހު ޝުޝްމިތާގެ އައިޑީ ޓެގްކޮށްފަ އެވެ.

އެކަމަކު އުމުރުން 56 އަހަރުގެ ލަލިތުއާ ރައްޓެހިވުމުން އެތައް ބައެއްގެ ފާޑުކިޔުން ކުރިމަތިވިޔަސް އެކަމުގެ ދިފާއުގައި ތެދުވެ ވާހަކަ ދެއްކި ފަހުން އެމީހުން މިހާރު ރުޅިވެފައިވާ ކަމަށް މިހާރު ދަނީ ބުނަމުންނެވެ.

އިންޑިއަން ޕްރިމިއާ ލީގްގެ ފައުންޑަރު ލަލިތުއާއި ސުޝްމިތާ ރުޅިވި ކަމުގެ އަޑުގަދަވީ ލަލިތު އޭނާގެ އިންސްޓަގްރާމު ބަޔޯގައިވާ ސުޝްމިތާއާ ގުޅޭ ގޮތުން ލިޔެފައިވާ ބައި ޑިލީޓްކުރުމުންނެވެ. އަދި ސުޝްމިތާއާ އެކު އިން އޭނާގެ އިންސްޓަގްރާމު ފޮޓޯވެސް ވަނީ ބަދަލުކޮށްފަ އެވެ.

އެކަމާ ގުޅިގެން ސުޝްމިތާ އާއި ލަލިތު ވެސް ވަކި އެއްޗެއް އަދި ނުބުނެ އެވެ. އެކަމަކު މިފަހުން ސުޝްމިތާ ބޮޑަށް ފެންނަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މޮޑެލް ރޮހްމާން ޝޯލްއާ އެކު އެވެ.

ލަލިތުއާ ރައްޓެހިވުމުން ގިނަ ބަޔަކު ސުޝްމިތާ ސިފަކުރީ "ގޯލްޑް ޑިގާ" އެއްގެ ގޮތުގަ އެވެ.

ލަލިތަކީ މީގެ ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ މީހެކެވެ. އެކަމަކު 1991 ގައި ކުރި އެ ކައިވެނި 2018 ގައި ރޫޅުނުއިރު އޭގެ ފަހުން ކެންސަރު ބަލީގައި އޭނާގެ އަންހެނުން ވަނީ މަރުވެފަ އެވެ. އެ ކައިވެންޏަށް އޭނާއަށް ދެ ކުދިން ލިބިފައިވެ އެވެ.

އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ލަލިތަކީ އިންޑިއަން ޕްރިމިއާ ލީގްގެ ފައުންޑަރެވެ.