06 ސެޕްޓެމްބަރ 2022 - 16:14

ސެމްސަންގް އިން އަލަށް މާކެޓަށް ނެރެ ވިއްކަމުން އަންނަ ފަތްޖެހޭ ފޯނު ސީރީޒްގެ ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 4 އަދި ސެމްސަންގް ގެލެކްސީ ޒީ ފްލިޕް 4 ދިރާގުން ވިއްކަން ފަށައިފި އެވެ.
ދިރާގުން ބުނީ މިހާރު ދިރާގުގެ ވެބްސައިޓުން އެ ސީރީޒްގެ ފޯނުތައް ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ދެ ފޯނުވެސް މިހާރު ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓުގެ ދަށުން ވެސް ގަނެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ ޒީ ފޯލްޑް 4 އަދި ޒީ ފްލިޕް 4 ގަންނަ ކަސްޓަމަރުންނަށް 6 މަސް ދުވަހަށް މަހަކު 5ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެ ކަމަށެވެ. އަދި ޒީ ފޯލްޑް 4 ފުލް ޕޭމަންޓްގައި ގަންނަ ކަސްޓަމަރުންނަށް 3000 ރުފިޔާގެ ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށް ބުންޏެވެ.
ދިރާގުން ބުނީ ގެލެކްސީ ޒީ ފޯލްޑް 4 އަދި ޒީ ފްލިޕް 4 ގަންނަ ފަރާތްތަކަށް، 3 މަސްދުވަހުގެ ހިލޭ ސްޕޮޓިފައި އަދި ވަން ޑްރައިވްގެ 100 ޖީބީ 6 މަސްދުވަހަށް ބޭނުންކުރެވޭ ސެމްސަންގް ޕްރޮމޯޝަންގައި ވެސް ބައިވެރިވެވޭނެ ކަމަށެވެ.