ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑް: ޕްރޮޕޯސަލް ހުށަހަޅަން އަނެއްކާ ވެސް ހުޅުވާލައިފި
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑް: ޕްރޮޕޯސަލް ހުށަހަޅަން އަނެއްކާ ވެސް ހުޅުވާލައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ތިން ވަނަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމައެކަނި ލިބިފައިވަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ. މި ބުރުގައި މުޅި ޖުމްލަ 10 ޕްރޮޖެކްޓް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮގްރާމުގެ ދަށުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،00ރ. ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާ ގުޅޭ ލިޔެކިޔުންތައް އަންނަ މަހުގެ 17 ގެ ކުރިން ބީއެމްއެލްގެ އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ވަނީ އެދިފަ އެވެ. ބީއެމްއެލްގެ އީމެއިލް އަކީ[email protected]އެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ބީއެމްއެލް އިން ދީފައިވެ އެވެ.