ސުޕަސްޓާ ސިންގަ 2 ކާމިޔާބުކުރީ ފާއިޒް
ސުޕަސްޓާ ސިންގަ 2 ކާމިޔާބުކުރީ ފާއިޒް

ސޮނީ ޓީވީން ދެއްކި ރިއަލިޓީ ޝޯ، "ސުޕަސްޓާ ސިންގަ" ގެ ދެވަނަ ސީޒަން، މުހައްމަދު ފާއިޒް ކާމިޔާބުކޮށްފި އެވެ.

ކުޑަކުދިންގެ ލަވަކިޔުމުގެ ހުނަރު ދައްކުވައިދޭ އެ ޝޯ، ފާއިޒު ކާމިޔާބުކުރީ ފަސް ފައިނަލިސްޓުންނާ ވާދަކޮށްގެންނެވެ. ޖޯދަޕޫރަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ފާއިޒް، ޝޯ ކާމިޔާބުކުރުމުން ޓްރޮފީއާ އެކު 15 ލައްކަ ރުޕީސް ވެސް ލިބުނެވެ.

ޝޯގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވި އަކްޝޭ ކުމާރު ސިފަކުރާ ގޮތުގައި ފާއިޒްގެ އަޑަކީ "ފިއުޗާ ވޮއިސް އޮފް ރޮމޭންސް" އެވެ.

ޝޯގައި އެންމެ ފުރަތަމަ ފަހަރަށް އޭނާ ކިޔާފައި ވަނީ "ހާމޯޝިއާން" އެވެ. އެ ލަވައާ އެކު ޖަޖުންނާއި އޯޑިއަންސަށް ވެސް އޭނާގެ އަޑު ވަރަށް ކަމުދިޔަ އެވެ.

އެ ޝޯގެ ޖަޖެއް ކަމަށްވާ އަދި ލަވަކިޔުންތެރިޔާ ހިމޭޝް ރެޝްމިއްޔާ ބުނެފައިވާ ގޮތުގައި ފާއިޒަކީ "އިންޑިއާސް ޔަންގް ސިންގިން ސެންސޭޝަން" އެވެ. ހިމޭޝް ވަނީ އޭނާގެ ލަވައެއްގެ ބައިވެރިވުމުގެ ފުރުސަތު ވެސް ފާއިޒަށް ދީފަ އެވެ.

ޝޯ ކާމިޔާބުކޮށް، އިންޑިއާގެ ބައެއް ނޫސްތަކަށް ފާއިޒު ބުނީ، އެ ޝޯގައި ބައިވެރިވުމަކީ ވެސް ހަޔާތުގައި ލިބުނު ކާމިޔާބީއެއް ކަމަށާއި އެ ޝޯގެ އޮޑިޝަނަށް ދިޔައިރު ޓޮޕް ހަޔަކާ ހިސާބަށް ދާނެ ކަމަށް ވެސް އޭނާ އެއްގޮތަކަށް ވެސް އުއްމީދު ނުކުރާ ކަމަށެވެ.

"މިވަގުތު ކުރެވޭ އިހުސާސްތައް ބަޔާންކޮށްދޭން ވެސް ނޭނގޭ. މިއީ ހުވަފެނެއްހެން އަދިވެސް ހީވަނީ. ޝުކުރު އަދާކުރަން ބޭނުންވަނީ ލޯތްބާއި ވޯޓު ދިން ސަޕޯޓަރުންނަށް." ޝޯ ކާމިޔާބުވެ ދިން ފުރަތަމަ އިންޓަވިއުގައި އޭނާ ބުންޏެވެ.

ހިމޭޝްގެ އިތުރުން އަލްކާ ޔަގްނިކް އާއި ޖާވިދު އަލީ ޖަޖުންގެ ގޮތުގައި ބައިވެރިވި އެ ޝޯއަކީ 15 އަހަރުން ދަށުގެ ކުދިންގެ ލަވަކިޔުމުގެ ހުނަރު ދައްކުވައިދޭ ޝޯއެކެވެ. އެ ޝޯގެ ދެވަނަ މަނީއަށް ލިބުނުއިރު ތިން ވަނަ ލިބުނީ ސަޔިޝާއަށެވެ.