ބައެއް މީހުންނަށް މިހާރު ޓްވީޓް އެޑިޓްކުރެވޭނެ
ބައެއް މީހުންނަށް މިހާރު ޓްވީޓް އެޑިޓްކުރެވޭނެ

ޓްވީޓްކުރުމަށް ފަހު އެއަށް އުނި އިތުރު ގެެނެވޭ ފީޗާ އާންމުންނަށް ދިނުމުގެ ކުރިން އެކަން ޓްވިޓާ އިން ޓެސްޓުކުރަން ފަށައިފި އެވެ.

ބައެއް މީހުންނަށް މިހާރު ޓްވީޓް އެޑިޓްކުރެވޭނެ
ބައެއް މީހުންނަށް މިހާރު ޓްވީޓް އެޑިޓްކުރެވޭނެ

ޓްވިޓާ ބޭނުންކުރާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ޓްވީޓެއް ކުރާ ފަހުން، އެ ޓްވީޓެއް ދެން އެޑިޓް ނުކުރެވޭ މައްސަލަ އެވެ. އެކަމާ ގުޅިގެން ޓްވިޓާއިން އެޑިޓް ބަޓަނެއްގެ މަސައްކަތް ކުރަމުން އަންނަ ކަން އިއުލާނު ކޮށްފައިވަނީ 2019 ވަނަ އަހަރުގަ އެވެ.

ދިގު އިންތިޒާރަކަށް ފަހު މިހާރު ޓްވީޓްތައް އެޑިޓް ކުރެވޭ ފީޗާ ވަނީ ރިލީޒްކުރަން ފަށާފަ އެވެ. ނަމަވެސް މިއީ ކޮންމެ މީހަކަށް ލިބޭނެ ފީޗާއެއް ނޫނެވެ. ޓްވިޓާ އިން ބުނާގޮތުގައި ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ފީޗާ ދާނެ އެވެ.

ނަމަވެސް މި ފީޗާ ލިބޭނީ "ޓްވިޓާ ބްލޫ" ގެންގުޅޭ މީހުންނަށެވެ. ޓްވީޓާ ބްލޫ އަކީ އެ ކުންފުނީގެ ސަބްސްކްރިޕްޝަން ޕެކޭޖެކެވެ. މަހަކު ހަތަރު ޑޮލަރު ދައްކާ ޓްވިޓާ ބްލޫ ނެގުމުން ޓްވީޓްތައް އެޑިޓް ކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މި ފީޗާ ލިބުމުުން ވެސް ޓްވީޓްތައް އެޑިޓް ކުރުމުގައި ސަމާލުވާން ޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. ޓްވީޓް އެޑިޓް ކުރެވޭނީ ވަކި މިންވަރަކަށެވެ. އެގޮތުން ޓްވީޓް ކުރާތާ 30 މިނެޓުގެ ތެރޭގައި އެ ޓްވީޓަށް ބަދަލުގެނެވޭނީ ހަތަރު ފަހަރު އެވެ.