މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ ހަފުތާގެ ފަހުކޮޅު: މެޓް
މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ ހަފުތާގެ ފަހުކޮޅު: މެޓް

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ މި ހަފުތާ ފަހުކޮޅު ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ މުޅި ރާއްޖެ އަށް މިހާރު ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރެވެހި، ކަނޑުތައް ގަދަވާނެ ކަމަށް އެ އޮފީހުން ލަފާކޮށްފައިވެ އެވެ.

"މި ހަފުތާގެ ފަހުކޮޅު މޫސުން ކުޑަކޮށް އަލިވާނެ ކަމަށް ބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ މަހާއި ޖުލައި މަހު ވެސް ރާއްޖެ އަށް ވަރަށް ބޮޑަށް ވިއްސާރަކޮށްފައިވެ އެވެ. މި މަސް ފެށުނުއިރު ވެސް ރާއްޖެ އަށް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ.

މޫސުން ގޯސްވެފައި ވާތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.