08 ޖޫން 2016 - 15:16

ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުން ކުރާ ބައެއް ތަކެތި ވިއްކާ ފޯޓްސެން އިން މިދިޔަ މަހު ފެށި ކުޑަދޮރުގައި ޖަހާ ބްލައިންޑްސް އާއި ތަޅުމުގައި ޖަހާ ފްލޯރިންނަށް ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުން ދާތީ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފި އެވެ.

ކުރިން މި މަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން، ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބާ އެކު މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.
މަޖީދީ މަގާއި ޖަނަވަރީ މަގު ގުޅޭ ކަންމަތިން، މަޖީދީ މަގަށްވާ ގޮތަށް ހުންނަ ފޯޓްސެން ފިހާރައިން ވިއްކަނީ ނެދަލެންޑްސްގެ މަޝްހޫރު ހަންޓާ ޑަގްލަސް ކުންފުނީގެ ބްލައިންޑްސް އެވެ. އެ ތަނުން ފްލޯރިންއަކަށް ލިބެން ހުންނަނީ އޭޝިއާގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި، މެލޭޝިއާގެ އިނޯވާގެ އުފެއްދުންތަކެވެ.
ފޯޓްސެންގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަލީ ރަޝީދު ވިދާޅުވި ގޮތުގައި އެ ފިހާރައިން ގަންނަ ކޮންމެ ބްލައިންޑްސްއަކާއި ފްލޯރިންއަކަށް 20 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި ފްލޯރިން ގަންނަ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ދަށުން ހަރުކޮށްދިނުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އެކި ބާވަތްތަކާއި އެކި ކޮލިޓީގެ ބްލައިންޑާއި ފްލޯރިން ބާޒާރުގައި ލިބެން ހުރޭ. އެކަމަކު އަޅުގަނޑުމެން ވިއްކަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކޮށްލެވޭ، ކޮލިޓީ ރަނގަޅު ނަން މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތަކެއް،" އަލީ ވިދާޅުވި އެވެ.
ބްލައިންޑާއި ފްލޯރިންގެ އިތުރުން ވެސް ގޭތެރެ ފަޅުފިލުވާލަ ދޭނެ ތަފާތު އެއްޗެހި ފޯޓްސެން އިން ވިއްކަ އެވެ. އޭގެ ތެރޭގައި ފާރަށް ގަލުގެ ބައްޓަން ގެނެސްދޭ ކްރާފްޓް ސްޓޯނާއި ކޮޓަރިތެރޭގައި މީރު ވަސް ދުއްވާލަން ބޭނުން ކުރާ ރޫމް ފްރެގްރެންްސް ހިމެނެ އެވެ.