04 ސެޕްޓެމްބަރ 2022 - 07:04

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އާއި ސައިގް އަލީ ޚާން ލީޑު ކުޅޭ ފިލްމު، "ވިކްރަމް ވެދާ" ގައި ރިތިކް ތިން ސިފައެއްގައި ފެންނާނެކަމަށް ރިޕޯޓްކޮށްފި އެވެ.
ރިތިކް ގޭންގްސްޓާރެއްގެ ރޯލު ކުޅޭ އެ ފިލްމުގެ ޓްރެއިލާގައި ވެސް ރިތިކްގެ ވަރުގަދަ ހުށަހެޅުމެއް ފެނިގެންދިޔައިރު އެ ފިލްމުގައި ބެލުންތެރިން ސަޕްރައިޒްވާނެ ފަދަ އެކްޓިންއެއް ރިތިކްގެ ފަރާތުން ފެންނާނެ ކަމަށް އޭނާގެ ގާތް މީހުންނާ ހަވާލާދީ ބުނެފައިވެ އެވެ.
ވިކްރަމް ވެދާއަކީ 2017 ގައި ހަމަ އެ ނަމުގައި ރިލީޒްކުރި ކާމިޔާބު ފިލްމެކެވެ. އޮރިޖިނަލް ފިލްމުގައި އާރް މާދަވަން ޕޮލިހުގެ ރޯލު ކުޅެފައިވާއިރު ގޭންގްސްޓާއަކީ ތަމަޅަ ތަރި ވިޖޭ ސެތުޕަތީ އެވެ.
މި ފިލްމުގައި ޕޮލިހެއްގެ ރޯލުން ފެންނާނީ ސައިފް އެވެެ. އޭ ލިސްޓުގެ ދެ ތަރިން އެކުގައި މަސައްކަތްކުރާއިރު މިއީ ސައިފާއި ރިތިކް އެކުގައި މިކަހަލަ ފިލްމެއް ކުޅޭ ފުރަތަމަ ފިލްމެވެ.
ހިންދީ ފިލްމު ޑައިރެކްޓްކުރަނީ ވެސް ތަމަޅަ ފިލްމު ޑައިރެކްޓްކުރި ޕުޝްކާރު އާއި ގަޔަތުރީ އެވެ.
މީގެ ތިން އަހަރުކުރިން "ވާ" ގައި ރިތިކް އެންމެ ފަހުން މަސައްކަތްކުރިއިރު އެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު މަސައްކަތެކެވެ.
އެ ފިލްމު ރިލިޒްކުރާނީ ސެޕްޓެމްބަރު 30 ގަ އެވެ.