ރަޝްމިކާގެ ފުރަތަމަ ބޮލީވުޑް ފިލްމުގެ ޕޯސްޓަރު ނެރެފި
ރަޝްމިކާގެ ފުރަތަމަ ބޮލީވުޑް ފިލްމުގެ ޕޯސްޓަރު ނެރެފި

ބޮލީވުޑްގެ ތަރި އަމީތާބު ބައްޗަން އާއި ތެލޫގޫ ތަރި ރަޝްމިކާ މަންދަންނާގެ ފިލްމު "ގުޑްބާއީ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

ވިކާސް ބަހުލްގެ އެ ފިލްމަކީ އާއިލީ ގުޅުން ދައްކުވައިދޭ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ.

އެ ފިލްމުގެ ޕޯސްޓަރު އާންމުކޮށް އަމީތާބު ބުނީ، އާއިލާ މީހުންނަކީ ގާތް ބައެއް ކަމަށާއި އެމީހުން ދުރުގައި ތިއްބަސް ގާތުގައި ތިބޭ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ޕޯސްޓަރުން ފެންނަނީ އަމީތާބާއި ރަޝްމިކާ ގުޑިއެއް އަރުވަން ތިބޭ މަންޒަރެވެ.

ފިލްމުގައި ރަޝްމިކާއަކީ އަމީތާބުގެ ދަރިއެކެވެ.

މިއީ ތެލޫގޫ ހިޓް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ރަޝްމީކާގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. އޭނާ އަންނަނީ ރަންބީރު ކަޕޫރާ އެކު "އެނިމަލް" ގައި ވެސް މަސައްކަތްކުރަމުންނެެވެ. އެކަމަކު އެ ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ އަންނަ އަހަރު އެވެ.

އެ ފިލްމުގައި ނީނާ ގުޕްތާ އާއި ޕަވައިލް ގުލާޓި އާއި އެލީ އަވްރަމް އަދި ސުނިލް ގްރޯވާ އާއި ސާހިލް މެހްތާ އާއި އަބިޝޭކް ހާން ވެސް ފެންނާނެ އެވެ.

ގުޑްބާއީ އަކީ އަންނަ މަހުގެ 7 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް އޮތް ފިލްމެކެވެ.

ރަޝްމިކާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ކުޅުނީ "ފުޝްޕާ: ދަ ރައިޒް" އެވެ. އަދި އަމީތާބު ފެނުނީ "ޖުންދު" އިންނެެވެ. މިހާރު އޭނާ ދަނީ ކޯން ބަނޭގާ ކްރޯޑްޕަތީގެ 14 ވަނަ ސީޒަން ޝޫޓްކުރަމުންނެވެ.