ސިމްޑީގެ "ބިރިޔާނީ ކުކިން ކޮމްޕެޓިޝަން" ގެ އިނާމު ދީފި
ސިމްޑީގެ "ބިރިޔާނީ ކުކިން ކޮމްޕެޓިޝަން" ގެ އިނާމު ދީފި

މިދިޔަ ހަފްތާގައި ބޭއްވި ފުޑް އެންޑް ހޮޓެލް އޭޝިއާ މޯލްޑިވްސް (އެފްއައިއެޗް)ގައި ސިމްޑީން ބޭއްވި "ބިރިޔާނީ ކުކިން ޗެލެންޖު" ނިންމާލައިފި އެވެ.

ސިމްޑީގެ "ބިރިޔާނީ ކުކިން ކޮމްޕެޓިޝަން" ގެ އިނާމު ދީފި
ސިމްޑީގެ "ބިރިޔާނީ ކުކިން ކޮމްޕެޓިޝަން" ގެ އިނާމު ދީފި

އެ ޗެލެންޖުގައި ރާއްޖޭގެ އެކި ރިސޯޓުތަކުގެ 25 ޝެފެއް ވާދަކޮށްފައިވާ ކަމަށް ސިމްޑީން ބުންޏެވެ.

ސިމްޑީގެ "ބިރިޔާނީ ކުކިން ކޮމްޕެޓިޝަން" ގެ އިނާމު ދީފި
ސިމްޑީގެ "ބިރިޔާނީ ކުކިން ކޮމްޕެޓިޝަން" ގެ އިނާމު ދީފި

މުބާރާތުން އެއް ވަނަ ހޯދީ ހުޅުލެ އައިލެންޑް ހޮޓެލްގެ ޝެފް މަނޯޖް ކުމާރު ދުބޭ އެވެ. ދެވަނަ އަށް އެއްލައިދޫ މޯލްޑިވްސްގެ ޝެފް އެމް ބަދްރީ ހޮވިފައި ވާއިރު ތިން ވަނަ އަށް ހޮވުނީ ސަން އައިލެންޑް ރިސޯޓުގެ ޝެފް އަބްދުލްކަލާމް އެވެ.

މުބާރާތުގެ އެއް ވަނަ އަށް ސިމްޑީން ހުށަހެޅި އިނާމަކީ އެ ކުންފުނިން ވިއްކާ "ދުނާރު" ބްރޭންޑުގެ އުފެއްދުންތައް ތައްޔާރުކުރާ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ދުނާރު ފެކްޓްރީއަށް ޒިޔާރަތް ކުރުމުގެ ހުރިހާ ހަރަދުތަކެއް ހިމެނޭ ދަތުރެކެވެ. އަދި ދެ ވަނަ އަށް 300 ޑޮލަރު ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް 200 ޑޮލަރެވެ.

ސިމްޑީން ބުނީ މި މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެ މުބާރާތުގައި ޝެފުންގެ ހުނަރު ފެނިގެން ދިޔަ ކަމަށެވެ.

ސިމްޑީން ވަނީ އެފްއައިއެޗުގައި އެ ކުންފުނިން ވިއްކާ ގިނަ ބްރޭންޑުތަކެއް ދައްކާލައިފަ އެވެ. އޭގެ ތެރޭގައި ދުނާރު ބްރޭންގެ ބާސްމަތީ ރައިސް އާއި ދިލްމާ ބްރޭންޑުގެ ސައިފަތް ހިމެނެ އެވެ.