02 ސެޕްޓެމްބަރ 2022 - 14:29

ޓިކްޓޮކްގައި ބަރަހަނާވާތީ ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ކަނޑައަޅައި ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި 37 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ނުފެންނަ ކަމަށް ގާޒީއަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
އެ މީހާ އަކީ ޓިކްޓޮކްގައި އަންހެނުން ހެދުން އަޅައިގެން، ވީޑިއޯތައް ހަދައި އާންމުކުރާ މީހެކެވެ.
އޭނާ މީގެ ކުރިން ވެސް ވަނީ މިފަދަ މައްސަލައެއްގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން އަނެއްކާ ވެސް ޓުވިޓާގައި އެފަދަ ފޮޓޯތަކާއި ވީޑިއޯތައް އާންމު ކުރަން ފެށި އެވެ. އެ މައްސަލާގައި ގިނަ ބަޔަކު ފާޑު ކިޔަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.