02 ސެޕްޓެމްބަރ 2022 - 11:57

ބޮލީވުޑްގެ އެކްޓަރު ކުނާލް ކެއްމޫ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު، "މެެޑްގޮން އެކްސްޕްރެސް" އިއުލާންކޮށްފި އެވެ.
ކުނާލް ލިޔެ ޑައިރެކްޓްކުރާ އެ ފިލްމު އިއުލާންކޮށް އޭނާ ވަނީ އެކަން ހަގީގަކަށް ހަދައިދިނުމަށް މަސައްކަތްކުރުމުން އެކްސެލް އެންޓަޓެއިންމަންޓަށް ޝުކުރު އަދާކޮށްފަ އެެވެ.
ކުނާލް ބުނީ އޭނާ ލިޔެފައިވާ ސްކްރިޕްޓް ބަަލައިގަނެ، އޭނާގެ ހުވަފެނެއް ހަގީގަކަށްވާ މަންޒަރު ފެނުމުން ވަރަށް އުފާވާ ކަމަށެވެ.
ފިލްމާ ގުޅޭ މާގިނަ މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެެ. އެ ފިލްމަކީ ފަރްހާން އަކްތަރާއި ރިތޭޝް ސިދުވާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
އެ ފިލްމަކީ ކޮމެޑީއެއް ކަމަށް ރިޕޯޓްކުރެވުނަސް އެކަމާ ގުޅިގެން އަދި ވަކި އެއްޗެއް ކުނާލް ނުބުނެ އެވެ. އަދި އެ ފިލްމުގައި އޭނާ ފެންނާނެ ކަމެއް ނޭނގެ އެވެ. މިހާތަނަށް ފިލްމުގައި މަސައްކަތްކުރާ ތަރިން އިއުލާންކޮށްފައެއް ނުވެ އެެވެ.
ކަލަންކް އާއި ސިމްބާ އަދި ގޯލްމާލް އެގެއިން އާއި މަލަންގް ކަހަލަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ކުނާލްގެ ކުރިއަށް ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެމެޒަން ޕްރައިމްގެ ސީޒެއް ކަމަށްވާ ގުލްކަންޑާ އާއި "ޖީލޭ ޒަރާ" ހިމެނެ އެވެ. އެ ފިލްމަކީ ބޮލީވުޑްގެ އޭ ލިސްޓުގެ ތިން ތަރިން ކަމަށްވާ، ޕްރިޔަންކާ ޗޯޕްރާ އާއި އާލިއާ ބަޓް އަދި ކެޓްރީނާ ކައިފް ލީޑު ރޯލު ކުޅޭ ފިލްމެކެވެ.