އަމިއްލަ އުސޫލުތަކެއް ހިފަހައްޓައިގެން އާފީ ކާމިޔާބާ ހަމައަށް
އަމިއްލަ އުސޫލުތަކެއް ހިފަހައްޓައިގެން އާފީ ކާމިޔާބާ ހަމައަށް

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް އަށް ހޯދައިދީ އަދި ރެލިގޭޝަންގެ ޕްލޭއޮފުން އެ ކްލަބް އެއް ވަނަ ޑިވިޝަނަށް ޕްރްމޯޓްކޮށް ދިނުމަކީ، ހެޑް ކޯޗެއްގެ ގޮތުގައި ޒުވާން ކޯޗު އާފިއު މުހައްމަދު ހަމީދު (އާފީ) ހޯދި ފުރަތަމަ ކާމިޔާބެވެ.

އަމިއްލަ އުސޫލުތަކެއް ހިފަހައްޓައިގެން އާފީ ކާމިޔާބާ ހަމައަށް
އަމިއްލަ އުސޫލުތަކެއް ހިފަހައްޓައިގެން އާފީ ކާމިޔާބާ ހަމައަށް

ބުރު ސްޕޯޓްސްގެ އެ ޕްރޮޖެކްޓަކީ ހެޑް ކޯޗެއްގެ ގޮތުގައި އާފީ ކުރި ފުރަތަމަ މަސައްކަތެވެ. އެކަމަކު ތަޖުރިބާ މަދުވުމުގެ އުނި ކަމެއް ބުރުގެ މި މަސައްކަތުގައި އޭނާގެ ކިބައިން ނުފެނުނެވެ. އޭނާ މަސައްކަތް ކުރީ އަމިއްލަ އުސޫލުތަކެއް ހިފަހައްޓައިގެންނެވެ. އޭގެ ތެރެއިން އެއް އުސޫލަކީ މެޗަށް ފަހު ކުޅުންތެރިންނަށް ޕޯސްޓް މެޗު ޓޯކްސް ނުބޭއްވުމެވެ. މެޗު ނިންމާލާފައި ގިނަ އިރުތަކެއް ނުވެ އޭނާ ބެންޗު ދޫކޮށް ދަނީ އެވެ.

އަމިއްލަ އުސޫލުތަކެއް ހިފަހައްޓައިގެން އާފީ ކާމިޔާބާ ހަމައަށް
އަމިއްލަ އުސޫލުތަކެއް ހިފަހައްޓައިގެން އާފީ ކާމިޔާބާ ހަމައަށް

ބުރުގެ މެނޭޖުމެންޓްގެ ބައެއް އޮފިޝަލުން ވެސް އެކަން ފާހަގަ ކުރެވުނެވެ. މެޗަށް ފަހު ކުޅުންތެރިންނާ ދިގުކޮށް ވާހަކަ ދެއްކުމަކީ ފުރަތަމަ ޑިވިޝަންގެ ގިނަ ކޯޗުން ވެސް ދަމަހައްޓާ އުސޫލެކެވެ.

"މެނޭޖުމެންޓުން ވެސް އަހާލި ކީއްވެހޭ މެޗަށް ފަހު ވާހަކަ ނުދައްކަނީ. އެހެން ޓީމުތަކުގެ ބެންޗުން ފެންނަ މަންޒަރަކަށް ވެފަ އެކަން އަޅުގަނޑު ނުކުރާތީ ފާހަގަ ވެގެން އެހެން އަހާލީ،" މެޗަށް ފަހު ޓީމު ޓޯކްސް ނުބައްވަނީ ކީއްވެގެންތޯ "މިހާރު" އިން އެހުމުން އާފިއު ބުންޏެވެ.

"އެކި ކޯޗުންގެ ޓެކްނިކް ތަފާތު ވާނެ. އެކަން ކުރުމަކީ މައްސަލައެއް ވެސް ނޫން. އެކަމަކު އަޅުގަނޑަށް އެކި ކޯޗުންގެ ފަރާތުން ދަސް ވެފައި ހުރި ކަންތައްތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ކަމުދާ ގޮތަށް އެކަން ކުރަނީ. މެޗުގެ ވާހަކަ ދައްކާނީ އަނެއް ދުވަހުގެ ޕްރެކްޓިސް ފެށުމުގެ ކުރިން."

އޭނާ ބުނި ގޮތުގައި މެޗުން މޮޅުވެ އަދި ބަލި ވިޔަސް، މެޗަށް ފަހު ކުޅުންތެރިން ވަރުބަލި ވެފައި ތިބޭ ވަގުތު ނެގެޓިވް އަދި ޕޮޒެޓިވް ވާހަކަ ދެއްކިޔަސް އެކަން ކުޅުންތެރިންގެ ބޮލަށް ނުވަންނާނެ އެވެ.

"އަނެއް ދުވަހު ޕްރެކްޓިހަށް އަންނަ އިރު ކޮންމެ ގޮތެއް ވިޔަސް ކުޅުންތެރިން ތިބޭނީ ފްރެޝްކޮށް. އެ ގަޑީގަ މެޗާ ބެހޭގޮތުން ވާހަކަ ދެއްކީމަ ކުޅުންތެރިންނަށް ވިސްނައިގަންނަށް ވެސް ފަސޭހަ ވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. މިހެން ބުންޏަސް އެކި ކޯޗުންގެ ޓެކްނިކް ތަފާތު ވާނެ،" މީގެ ކުރިން އަންހެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި އާފިއު ބުންޏެވެ.

ބުރުގެ ސީނިއާ ބައެއް ކުޅުންތެރިންނަކީ އާފިއު ކުޅުނު ދުވަސް ވަރު ވެސް ކުޅުނު ކުޅުންތެރިންނެވެ. އޭނާ އާ އެއް ދުވަސްވަރެއްގައި ކުޅުނު ކުޅުންތެރިން މެނޭޖުކުރަން އުނދަގޫ ކަމެއް ނެތް ކަމަށް އާފިއު ބުންޏެވެ.

"އަޅުގަނޑާ ވެސް އެ ކުޅުންތެރިންނާ އޮންނާނީ ކޯޗަކާ ކުޅުންތެރިޔަކާ އޮންނަ ގުޅުން. އެއަށް ވުރެ ދުރެއް އަދި ކައިރި އެއް ނުވާނެ. އެ ކުޅުންތެރިން ވެސް އެ ރެސްޕެކްޓް އަޅުގަނޑަށް ވެސް ދިން، އޭނާ ބުންޏެވެ.

އާފިއު ބުނީ ރާއްޖޭގެ ފުޓްބޯޅަ ކޮމިޔުނިޓީ އަކީ ވަރަށް ކުޑަ ކޮމިޔުނިޓީއެއް ކަމަށެވެ. އެހެންވެ ނެގެޓިވް ވާހަކަ ވަރަށް ފަސޭހައިން ފެތުރިގެންދާ ކަމަށެވެ. ފުޓްބޯޅައިގައި އުޅޭ އެކި މީހުންނާ ބެހޭގޮތުން އެކިގޮތަށް ނެގެޓިވް ވިސްނުމަކުން ވާހަކަ ދައްކަ އެވެ. ފަހަރެއްގައި މި ޒުވާން ކޯޗާ ބެހޭގޮތުން ވެސް ނެގެޓިވް ވާހަކަތައް ދެކެވިފައި އޮވެދާނެ އެވެ. އެކަމަކު އާފިއު ބުނީ އޭނާ ކުރިއަށް ދިޔައީ ނެގެޓިވް އެއްވެސް ވާހަކައަކަށް ސަމާލުކަން ނުދީ ކަމަށެވެ.

"ނެގެޓިވް ވާހަކަތައް އޮންނާނެ. އެއިން އެއް ވެސް ކަމަކަށް އަޅުގަނޑު ނުވިސްނަން. ސަމާލުކަމެއް ވެސް ނުދެން. އަޅުގަނޑު ބެލީ މި ޓީމު ފަސްޓަށް ގެންދެވޭތޯ. އެކަން ކުރެވިއްޖެ. ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމުގެ ހިތްހަމަޖެހުން މިހާރު ލިބިއްޖެ،" ހުރިހާ މެޗަކުން މޮޅުވެގެން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކޯޗު ބުންޏެވެ.

މިދިޔަ އަހަރު ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ދެ ވަނަ ޑިވިޝަނަށް ބުރުން ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލާފަ އެވެ. އާފިއު ބުނީ މެނޭޖުމެންޓުން ކޮށްފައި އޮތީ ފުރިހަމަ މަސައްކަތެއް ކަމަށެވެ. އަދި ބުރުގެ މެނޭޖުމެންޓް އޭނާ ސިފަ ކުރީ ކުޅުންތެރިންނައިގެން އުޅޭ މެނޭޖުމެންޓެއްގެ ގޮތުގަ އެވެ.

"އިންޖަރީއެއް ވިޔަސް މި މީހުން އެ ކުޅުންތެރިޔާ ކަންކަމުގައި ވަރަށް ބޮޑަށް އުޅޭނެ. ކުޅުންތެރިންނައިގެން ވަރަށް އުޅޭ ބައެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވެނީ،" ކްލަބް ވެލެންސިއާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ އާފިއު ބުންޏެވެ.

"ފުރަތަމަ ޑިވިޝަންގައި ވެސް އެކަކަން ދަމަހައްޓައިފިއްޔާ ފުޓްބޯޅައިގެ ވަރުގަދަ ނަމަކަށް މި ކްލަބަށް ވެވިދާނެ."