ސްވިޑަންގެ ރާނީ ވިދާޅުވަނީ ގަނޑުވަރުގައި ޖިންނި އުޅޭ ކަމަށް
ސްވިޑަންގެ ރާނީ ވިދާޅުވަނީ ގަނޑުވަރުގައި ޖިންނި އުޅޭ ކަމަށް

ސްވިޑަންގެ ގަނޑުވަރުގައި ޖިންނި އުޅޭ ކަމަށާއި އެއީ ނާމާން ތަނެއް ކަމަށް އެ ގައުމުގެ ރާނީ ސިލްވިއާ ވިދާޅުވެއްޖެ އެވެ.

ސްވިޑަންގެ ރާނީ ވިދާޅުވަނީ ގަނޑުވަރުގައި ޖިންނި އުޅޭ ކަމަށް
ސްވިޑަންގެ ރާނީ ވިދާޅުވަނީ ގަނޑުވަރުގައި ޖިންނި އުޅޭ ކަމަށް

ސްވިޑަންގެ ގައުމީ ޓީވީން ދައްކަން ހަމަޖެހިފައިވާ ޑޮކިއުމެންޓްރީއަކަށް ދެއްވި އިންޓަވިއުއެއްގައި ސިލްވިއާ ވިދާޅުވީ 17 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ޑްރޮޓްނިންހޯމް ޕެލަސްގައި "ކުދިކުދި އެކުވެރިންތަކެއް" އުޅޭ ކަމަށާއި އެއީ ގޯސްޓް ކަމަށެވެ.

"މިއީ ވަރަށް އާދަޔާޚިލާފް ކަމެއް. އެކަމަކު ބިރު ގަންނަންޖެހޭ ކަމެއް ދިމައެއް ނުވޭ،" ރާނީ ވިދާޅުވެފައިވެ އެވެ.

ސްޓޮކްހޯމްއާ ކައިރި ހިސާބެއްގައި ހުންނަ މި ގަނޑުވަރަކީ ރާނީ އާއި ފިރިކަލުން، ރަސްގެފާނު ކާލް ދިރިއުޅުއްވާ ތަނެވެ.

ޑްރޮޓްނިންހޯމް ޕެލަސް: އަ ރޮޔަލް ހޯމްގެ ނަމުގައި ހަދާ ޑޮކިއުމެންޓްރީއަށް ދެއްވި އިންޓަވިއުގައި ރާނީ ވިދާޅުވެފައި ވަނީ ގަނޑުވަރުގައި އުޅުއްވާއިރު އެތަނުގައި އަދި އެހެން ބަޔަކު އުޅޭ ކަމުގެ އިހްސާސްކުރެއްވޭ ކަމަށާއި އެކަމަކު އެއީ "އެކުވެރި ބައެއް" ކަމަށެވެ.

ރާނީގެ ކޮއްކޯފުޅު ޕްރިންސަސް ކްރިސްޓީނާ ވަނީ ރާނީގެ މި ވާހަކަ އަށް ތާއީދުކުރައްވައި މި ޑޮކިއުމެންޓްރީގައި ވާހަކަ ދައްކަވައިފަ އެވެ.

"މި ގޭތެރެއިން އެހެން ބާރުތަކެއްގެ އަސަރު އިހްސާސްވޭ. އެކަމަކު އެއްޗެއްގެ ސިފަޔަކު ނުފެނޭ،" ޕްރިންސަސް ވިދާޅުވި އެވެ.

މި ވާހަކަތަކާ އެކު ސްވިޑަންގެ ބައެއް ނޫސްތަކުން ވަނީ ޖޯކު ޖަހައިފަ އެވެ.