ދިޝާ ދޫކޮށްލާފައި ޓައިގާ މިއުޅެނީ މުޅިން އެހެން ކަމަކާ
ދިޝާ ދޫކޮށްލާފައި ޓައިގާ މިއުޅެނީ މުޅިން އެހެން ކަމަކާ

ފަސް އަހަރުވަންދެން ރައްޓެހިވެގެން އުޅުނު ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ، ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފް ރުޅިވެފައިވާ ކަމުގެ އަޑުތައް ފެތުރެމުން ދަނިކޮށް އެކަމަށް ޓައިގާ އެއްބަސްވެއްޖެ އެވެ.

ޓައިގާ އާއި ދިޝާ ރައްޓެހިވީ 2017 ގައި އެމީހުން އެކުގައި "ބާގީ 2" ފިލްމު ކުޅުނު ދުވަސްވަރުގަ އެެވެ. އޭގެ ފަހުން ވަރަށް ލޯބިން ދެ ތަރިން އުޅުނު މަންޒަރު ފެނުނެވެ. ޗުއްޓީ ދަތުރުތަކުގައި ރާއްޖެއަށް ވެސް ދެތަރިން އެކުގައި އެތައް ފަހަރަކު އަ އެވެ. ދެ ތަރިންގެ މައިންބަފައިންނާ ވެސް ގާތް ގުޅުމެއް ދިޔައީ ބާއްވަމުންނެވެ.

އެކަމަކު އޮގަސްޓް މަހުގެ ކުރީކޮޅު މި ދެތަރިންގެ ގުޅުން ނިމުމަކަށް އައި ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަން ޓައިގާ ކަށަވަރުކޮށްދީފައި ވަނީ މިހާރު ކުރިއަށްޑާ ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަންގަ އެވެ. ޓައިގާ އާއި އޭނާއާ އެކު ބޮލީވުޑަށް ނިކުތް ކްރިތީ ސަނޮން ބައިވެރިވާ އެ އެޕިސޯޑުގައި ޓައިގާ ބުނެފައިވަނީ އޭނާ މިވަގުތު ހުރީ ސިންގަލްކޮށް ކަމަށާއި ބައިވެރިއަކު ހޯދުމަށް މަސައްކަތްކުރާ ކަމަށެވެ.

އެކަމަކު އޭގެ ފަހުން އޭނާ ވަނީ ބޮލީވުޑްގެ ތަރި އަދި ޝަކްތީ ކަޕޫރުގެ އަންހެން ދަރިފުޅު ޝްރައްދާ ވަރަށް ކަމުދާ ކަމަށް ބުނެފަ އެވެ.

ޓައިގާ ބުނެފައިވާ ގޮތުގައި ޝްރައްދާ ކަމުދިޔައީ އިއްޔެއަކު މިއަދަކު ނޫނެވެ. ސްކޫލު ދައުރުން ފެށިގެން ޝްރައްދާއަކީ އޭނާގެ "ކްރަޝް" އެކެވެ.

ޓައިގާ ބުނީ 2016 ގައި ޝްރައްދާ އާއެކު "ބާގީ"ގެ މަސައްކަތްކުރިއިރު ވެސް ޝްރައްދާ ފެނޭތޯ ބެލޭކަމަށެވެ. ފަހުން އެ ވާހަކަ ސެޓުގައި ދެކެވުނު ކަމަށާއި ޝްރައްދާއަށް ވެސް އެކަން މިހާރު އެނގޭ ކަމަށްވެ އެވެ.

އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ޝްރައްދާ އުޅެނީ މީހަކާ ރައްޓެހިވެގެންނެވެ. އެހެންކަމުން، ޓައިގާއަށް ޝްރައްދާ ކިތަންމެ ކަމުދިޔަ ނަމަވެސް އެ ފުރުސަތެއް އަދި ލިބޭކަށް ނެތެވެ.