ޖޭބީއެލްގެ އިއާބަޑްސް ކޭސްގައި ސްކްރީނެއް
ޖޭބީއެލްގެ އިއާބަޑްސް ކޭސްގައި ސްކްރީނެއް

މަޝްހޫރު އޯޑިއޯ ހާޑްވެއާ އުފައްދާ ކުންފުނި ޖޭބީއެލް އިން ނެރުމަށް ތައްޔާރުވާ ވަޔަލެސް އިއާބަޑްސްގެ ޗާޖިން ކޭސްގައި ސްކްރީނެއް އިންނާނެ ކަމަށް އިއުލާނުކޮށްފި އެވެ.

ޖޭބީއެލްގެ އިއާބަޑްސް ކޭސްގައި ސްކްރީނެއް
ޖޭބީއެލްގެ އިއާބަޑްސް ކޭސްގައި ސްކްރީނެއް

މަޝްހޫރު ހުރިހާ ޓެކް ކުންފުންޏަކުން ވެސް އަންނަނީ އެއް ބަޔަކަށް ވުރެ މޮޅުކޮށް އަނެއް ބަޔަކު ޓެކް އުފައްދަމުންނެވެ. އޭގެތެރެއިން ގިނަ ކުންފުންޏަށް ހާއްސަ އަމިއްލަ އިއާބަޑްސް ހުރެ އެވެ. ނަމަވެސް ޖޭބީއެލް އިން އަލަށް ނެރޭ އިއާބަޑްސް ތަފާތު ކޮށްލުމަށް އެ ކުންފުނިން މިފަހަރު ވަނީ ތަފާތު މިސްރާބަކަށް އަމާޒު ހިފާފަ އެވެ.

ޖޭބީއެލް އިން ބުނާ ގޮތުގައި އެ ކުންފުނިން ނެރުމަށް ތައްޔާރުވާ އިއާބަޑްސް "ޖޭބީއެލް ޓުއާ ޕްރޯ 2"ގައި ސްމާޓް ކޭސް އެއް ހިމެނޭނެ އެވެ.

ސްމާޓް ކޭސްގައި ޓަޗް ސްކްރީނެއް އިންނާނެ އެވެ. މިއީ ބަޑްސް އަށް ކަނެކްޓު ކުރުމަށް ފަހު ފޯނު ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ކުރާ ކަމެކެވެ. ކޭސް ބޭނުންކޮށްގެން އެކަނި ވެސް ބަޑްސްގެ ވަރަށް ގިނަ ސެޓިންތަކާ ކުޅެލެވޭނެ ކަމަށް ޖޭބީއެލް އިން ބުނެ އެވެ.

ޖޭބީއެލް އިން ބުނީ ސްމާޓް ކޭސް މެދުވެރިކޮށް ބަޑްސްގެ އަޑު މަޑުކޮށް ގަދަކުރުމުގެ އިތުރުން އެކްޓިވް ނޮއިސް ކެންސަލޭޝަން ޖައްސާލުމާއި ބެޓެރީ ޗާޖު ހުރި މިންވަރު ވެސް ބަލާލެވޭނެ ކަމަށެވެ. އިއާބަޑްސް ކަނެކްޓު ކުރުމަށް ފޯނު ބޭނުން ކުރަން ޖެހުނު ނަމަވެސް މި ކޭސްއާ އެކު ފޯނު ބޭނުން ކުރާ ޖެހޭ މިންވަރު ކުޑަ ވާނެ ކަމަށް ޖޭބީއެލް އިން ބުނެ އެވެ.

މި ބަޑްސް ވިއްކަން ފަށާ އަގަކީ 255 އެމެރިކާ ޑޮލަރެވެ. އަދި އަންނަ މަހުން ފެށިގެން މި ބަޑްސް ވިއްކަން ފަށާނެ ކަމަށް ޖޭބީއެލް އިން ބުނެ އެވެ.