ކްރިކެޓް ތަރި ޝުބަމް އާއި ސާރާ ކަމެއްތަ؟
ކްރިކެޓް ތަރި ޝުބަމް އާއި ސާރާ ކަމެއްތަ؟

ބޮލީވުޑްގެ ޒުވާން ތަރި، ސާރާ އަލީ ޚާނާއި އިންޑިއާގެ ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ޝުބަމް ގިލް، ރެސްޓޯރަންޓެއްގައި ކާން ތިބި ފޮޓޯތަކެއް އާންމުވެ އެ މީހުންގެ މެދުގައި ގުޅުމެއް އޮތްކަމުގެ އަޑު އަރައިފި އެވެ.

ކްރިކެޓް ތަރި ޝުބަމް އާއި ސާރާ ކަމެއްތަ؟
ކްރިކެޓް ތަރި ޝުބަމް އާއި ސާރާ ކަމެއްތަ؟

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއަކީ ދުބާއީގެ ރެސްޓޯރަންޓެއްގައި ރޭގަނޑުގެ ކެއުމަށް ސާރާ އާއި ޝުބަމް ގޮސް ތިއްބާ ނަގާފައިވާ ފޮޓޯއެކެވެ.

އެއާ އެކު އެ މީހުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުއަރާފައިވާއިރު ޝުބަމް އާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ސަޗިން ތެންދުލްކާރުގެ އަންހެން ދަރިފުޅު ސާރާ ރުޅިވި ކަމަށް އަޑުއެރިތާ އަދި މާގިނަ ދުވަހެއް ނުވެ އެެވެ.

އެ ހަބަރާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުބަމްއަށް ފާޑުކިޔައި ޖޯކު ވެސް ޖަހަމުންނެެވެ. އޭނާ، "ސާރާ" ކިޔާ ކުދިންނަށް މާގަޔާވަނީ ކީއްވެތޯ އަހައި މީމްސްތައް ހަދާފައިވެ އެވެ.

ބޮލީވުޑަށް ނިކުތް ފަހުން ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އާއި ސުޝާންތު ސިންގް ރާޖުޕުތު ރައްޓެހިވެގެން އުޅުނު ކަމަށް ވެސް އަޑު އެރި އެވެ. އެމީހުން ރުޅިވީ އާއިލާ އެ ގުޅުމަށް ނުރުހޭތީ ކަމަށްވެ އެވެ.

މިފަހުން ކޮފީ ވިތު ކަރަންގައި ކަރަން ޖޯހަރު ވަނީ ސާރާ އާއި ޒުވާން ތަރި ކާތިކް އާރިޔަން ރައްޓެހިވި ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު އެމީހުން މިހާރު ރުޅިވެފައިވާއިރު ސާރާ އެ ޝޯގައި މިފަހުން ބުނީ ތެލޫގޫ ތަރި، ވިޖޭ ދެވަރަކޮންޑާ އޭނާއަށް ވަރަށް ކަމުދާ ކަމަށެވެ.

މިފަހަރު ޝުބަމްއާ ރައްޓެހިވެގެން އުޅޭ އަޑުއެރިޔަސް އެކަމާ ގުޅިގެން އަދި ސާރާ އާއި ޝުބަމް ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ސާރާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކުރިއަށް ދެ ފިލްމެއް އެބަ އޮތެވެ. އެއީ ވިކީ ކޯޝަލް އާ އެކު ކުޅޭ ފިލްމަކާއި ވިކްރަންތު މަސޭއާ އެކު އޭނާ މަސައްކަތްކުރާ ފިލްމެކެވެ.

އުމުރުން މިހާރު 22 އަހަރުގެ ޝުބަމްއަކީ 19 އަހަރުން ދަށުގެ އިންޑިއާ ކްރިކެޓް ޓީމުގެ ވައިސް ކެޕްޓަން ކަން ކުރި ޒުވާނެކެވެ.