ދިރާގު ޓީވީ އާއި އިންޓަނެޓްގެ ހިދުމަތް މަހިބަދު އަށް
ދިރާގު ޓީވީ އާއި އިންޓަނެޓްގެ ހިދުމަތް މަހިބަދު އަށް

ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓާއެކު، ދިރާގު ޓީވީގެ ހިދުމަތް އދ. މަހިބަދު އަށް ދޭން ފަށައިފި އެވެ.

އެ ކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތް ފުޅާކޮށް، ތަރައްގީ ކުރުމަށް، އެ ދެ ހިދުމަތް އެ ރަށަށް ދޭން ފެށީ ހާއްސަ އޮފާތަކަކާ އެކުގަ އެވެ.

އޭގެ ތެރޭގައި މަހިބަދޫން އިންޓަނެޓުގެ ހިދުމަތަށް އެދޭ މީހުންނަށް ފައިބާ ގުޅައިދިނުމާއެކު، އެ އަށް ބޭނުންވާ ރައުޓަރު ހިލޭ ދިނުން ހިމެނެ އެވެ. ދިރާގު ޓީވީގެ ހިދުމަތް ބޭނުންވާ މީހުންނަށް ކޭބަލް ގުޅައިދިނުމާއި ޑީކޯޑަރު ވެސް ހިލޭ ދިނުމަކީ އެ އޮފާގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދިރާގުން ބުނިގޮތުގައި، މިހާރު އެންމެ މަގުބޫލް ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓްތައް ދިރާގު ޓީވީގެ އެއް ޕްލެޓްފޯމަކުން ބެލޭނެ އެވެ. އަދި ނަސީބުވެރި ތިން މީހަކަށް އެޗްޑީ ސްމާޓް ޓީވީއެއް ދިނުމަށް ވެސް ދިރާގުން ވަނީ ނިންމައިފަ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. މީހުން ދިރިއުޅޭ 92 ރަށް ހިމެނޭހެން ރާއްޖޭގެ 85 ޕަސެންޓް ގޭބީސީ އަށް އެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އައިޕީޓީވީ އަދި އެންމެ ފުޅާ ދާއިރައެއްގައި ފޯރުކޮށްދޭ ދިރާގު ޓީވީގެ ހިދުމަތް ވަނީ މީހުން ދިރިއުޅޭ 84 ޕަސެންޓް ރަށަށް ފޯރުކޮށްދީފަ އެވެ.