ރާއްޖެއަށް ބިންހެލުމުގެ އަސަރުކުރި، ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް
ރާއްޖެއަށް ބިންހެލުމުގެ އަސަރުކުރި، ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް

މެޓުން ދެންމެ ބުނީ، އިންޑޮނޭޝިއާގެ ސުމަތުރާ އަށް މިއަދުގެ ހެނދުނު 8:29 ގައި އައި ބިންހެލުމުގެ އިހުސާސް ރާއްޖެ އަށް ކުރެވުނު ކަމަށް. އެކަމަކު ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ ކަމަށް އެ އިދާރާ އިން ބުނޭ.

ރާއްޖެއަށް ބިންހެލުމުގެ އަސަރުކުރި، ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް
ރާއްޖެއަށް ބިންހެލުމުގެ އަސަރުކުރި، ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް

ބިން ހެލުމެއްގެ އަސަރުކޮށް، އިމާރާތް ގުޑުން އެރުމުން، ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގް ދެންމެ ހުސްކޮށްފި އެވެ.

ރާއްޖެއަށް ބިންހެލުމުގެ އަސަރުކުރި، ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް
ރާއްޖެއަށް ބިންހެލުމުގެ އަސަރުކުރި، ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް

ބައެއް މުވައްޒަފުންނަށް އެނގުން ވާ ވަރަށް ގުޑުމުގެ އަސަރު ކުރުމުން، 9 ބުރީގެ އިމާރާތުގައި މަސައްކަތްކުރާ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުން މިހާރު ތިބީ މަގުމަތީގަ އެވެ.

ރާއްޖެއަށް ބިންހެލުމުގެ އަސަރުކުރި، ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް
ރާއްޖެއަށް ބިންހެލުމުގެ އަސަރުކުރި، ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް

ނަމަވެސް މޫސުމާ ބެހޭ އިދާރާ އިން ދެންމެ ބުނީ، އިންޑޮނީޝިއާ އަށް ބިންހެލުމެއް އައި ނަމަވެސް އޭގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

"އެކަމަކު ދެ މީހަކު ގުޅި ބިންހެލުމެއްގެ އަސަރުކުރި ކަމަށް ބުނެ،" މޫސުމާ ބެހޭ އިދާރާގެ އޮފިޝަލް ވިދާޅުވި އެވެ.

ސޯސަންމަގުގައި ހުންނަ ހެލްތު މިނިސްޓްރީގެ މުވައްޒަފަކު ބުނި ގޮތުގައި މަސައްކަތުގައި ތިއްބައި ބިން ހެލުމެއްގެ އަސަރު ގޮތަށް އިމާރާތަށް ގުޑުން އެރިކަން ބައެއް މީހުންނަށް ފާހަގަވި އެވެ. އެކަމަކު ބައެއް މުވައްޒަފުންނަށް އެކަން އިހްސާސް ނުވާ ކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުންނަށް އެނގުންވި ބާރު ގުޑުމެއް އެރިކަން. އިމާރާތުގައި އާދައިގެ ގޮތަކަށް ހިނގި ކަމެއް ނޫން ކަން އެނގުނީމަ އެންމެން ތިރިއަށް ފޭބީ،" އޭނާ ބުންޏެވެ.

ރޯޝަނީ ބިލްޑިންގްގައި މަސައްކަތްކުރާ މުވައްޒަފުން ނޫނަސް މާލޭގައި ބައެއް މީހުންނަށް މިއަދުގެ ހެނދުނު ބިންހެލުމެއްގެ އަސަރުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި އެވެ.