28 އޯގަސްޓް 2022 - 21:13

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ ދެ ބިދޭސީއަކު "ބަޓަން ކެމެރާ" އެއް ގެންގުޅުމުން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ފުލުހުން ބުނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އެއާޕޯޓުން ދެ ބިދޭސީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ކަމަށެވެ. އެ މީހުން ހައްޔަރު ކުރި ކަމަކަށް ވެސް ނުބުނެ އެވެ. އެކަމުގެ ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ދެ މީހުންނާ ސުވާލުކުރީ އެ މީހުން ގެންގުޅުނު ދަބަހަކުން އާދައިގެ ބަޓަން ކެމެރާއެއް ފެނުމުން ޝައްކުވެގެންނެވެ.