އާރްޓީއެލް ފެރީގެ ހިދުމަތް ށ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ
އާރްޓީއެލް ފެރީގެ ހިދުމަތް ށ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ސްޕީޑް ފެރީގެ ހިދުމަތް ށ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ށ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ
އާރްޓީއެލް ފެރީގެ ހިދުމަތް ށ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ

އާރްޓީއެލް ހިދުމަތަށް ބޭނުންވާ ފެރީ ލޯންޗުތައް މިއަދު ވަނީ ށ. އަތޮޅަށް ފުރައިފަ އެވެ. އެ ހިދުމަތުގައި މިވަގުތު ބޭނުންކުރަނީ ހަތަރު ފެރީ ލޯންޗެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ށ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ
އާރްޓީއެލް ފެރީގެ ހިދުމަތް ށ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ

ހަތް ރޫޓަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ށ. އަތޮޅުގެ ޓެސްޓު ދަތުރުތައް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެއާއެކު އާރްޓީއެލް ފެރީ ހިދުމަތުގެ ފޭސް އެކެއްގެ ހުރިހާ އަތޮޅެއްގައި ހިދުމަތް ފެށޭނެ އެވެ.

ފޭސް އެކެއްގައި ޖުމްލަ 17 ފެރީ ލޯންޗު ބޭނުންކުރަން ވަނީ ހަމަޖެހިފަ އެވެ.

އެ ހިދުމަތްދޭ އެހެން އަތޮޅުތަކެކޭ ވެސް އެއްފަދައިން ޓެސްޓު ދަތުރުތަކުގައި ކަސްޓަމަރުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ. ހަފްތާއަކަށް ކުރިއަށް ދާ އެ ދަތުރުތަކުގައި ކަސްޓަމަރުންގެ ފީޑްބެކާއެކު ރޫޓުތައް ތަޖުރިބާ ކުރަން ވަނީ ހަމެޖެހިފަ އެވެ.

ފޭސް އެކެއްގެ ހދ. އަދި ހއ. އަތޮޅެކޭ ވެސް އެއްފަދައިން ށ. އަތޮޅުގައި ވެސް އެތެރޭގެ ދަތުރުތަކުގެ އަގު އުޅެނީ ކޮޅަކަށް 35ރ އާއި 100ރ އާ ދެމެދުގަ އެވެ. އަދި އެއް އަތޮޅުން އަނެއް އަތޮޅަށް ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 100ރ އާއި 150ރ އާ ދެމެދު އެވެ.

އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓު ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ފާރިގް ވިދާޅުވި ގޮތުގައި، މިހާރު ވެސް ހިދުމަތް ދެމުން އަންނަ ހއ އަދި ހދ އަތޮޅުގެ އާރްޓީއެލް ހިދުމަތައް އޮތް، ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑެވެ.

"އަޅުގަނޑުމެން އުންމީދުކުރިވަރުގެ އެއްބާރުލުމެއް ހިދުމަތް ބޭނުންކުރާ މީހުންގެ ފަރާތުން ލިބެމުން އަންނަނީ،" ފާރިގް ވިދާޅުވި އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އާރްޓީއެލް ފެރީގެ ހިދުމަތުގެ ފޭސް އެކެއްގެ މަސައްކަތްތައް ނިމި ށ. އަތޮޅުގެ ދަތުރުތައް ފަށާއިރު، ފޭސް ދެއެއް އަދި ތިނެއްގެ މަސައްކަތްތައް މިހާރު ފަށަން ތައްޔާރުވެފައިވާ ކަމަށް ފާރިގް ވިދާޅުވި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ހުރިހާ އަތޮޅެއް އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުން ގުޅާލާނެ އެވެ. މިއީ 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ހިނގާނެ މަޝްރޫއެކެވެ.