ސްޓެލްކޯ އިން އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވެއްޖެ
ސްޓެލްކޯ އިން އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވެއްޖެ

އއ. އުކުޅަހާއި ތޮއްޑޫ އަދި ރަސްދޫގެ މަގުބައްތިތައް މަރާމާތުކޮށް، ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯ އިން ހަވާލުވެއްޖެ އެވެ.

ސްޓެލްކޯ އިން އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވެއްޖެ
ސްޓެލްކޯ އިން އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވެއްޖެ

އެ ކުންފުނިން އެ ރަށްތަކުގެ މަގުބައްތިތަކާ ހަވާލުވީ، ބައެއް ބައްތިތައް ނިވި، އެ ރަށްރަށުގެ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުންނެވެ.

ސްޓެލްކޯ އިން އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވެއްޖެ
ސްޓެލްކޯ އިން އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވެއްޖެ

އެ މަސައްކަތާ ރަސްމީކޮށް ހަވާލުވެ، އެ ތިން ރަށުގެ ކައުންސިލާއެކު ސްޓެލްކޯ އިން މިއަދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަސައްކަތުގެ އަމާޒަކީ އެ ރަށްތަކުގެ މަގުބައްތިތަކަށް އެއްވެސް މައްސަލައެއް ނުޖެހި އަބަދުވެސް ދިއްލިފައި ހުރުން ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވި އެވެ.

"ތިން ރަށުގެ ސްޓެލްކޯ ސްޓޭޝަން މެނޭޖަރުންގެ ޒިންމާއެއް އެއީ ބައްތިތައް އަބަދުވެސް ދިއްލިފައި ހުރި ކަން ކަށަވަރު ކުރުން. އަދި މައްސަލައެއް ދިމާވެއްޖެ ނަމަ އެ ކަމެއް ހައްލުކުން. ސްޓެލްކޯގެ ސްޓާފުންނަކީ އެ ކަމަށް ގާބިލު ބައެއް" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ތިން ރަށުގެ މަގުބައްތި ބެލެހެއްޓުމުގެ މަސައްކަތުގެ ނަތީޖާ އާއި ތަޖުރިބާ އަށް ބަލައި ކުރިމަގުގައި އއ. އަތޮޅުގެ ހުރިހާ ރަށްތަކާއި ސްޓެލްކޯ އިން ހިދުމަތް ދެމުން އަންނަ އދ، ކ، އަދި ވ. އަތޮޅުގެ ހުރިހާ ރަށްތަކެއްގެ މަގުބައްތި ބެލެހެއްޓުމާ ވެސް ހަވާލުވާނެ އެވެ.

ޝަރީފުގެ ވާހަކައިގައި ވަނީ ސްޓެލްކޯގެ ހިދުމަތް ދެމުން އަންނަ ރަށްތަކުގެ ކައުންސިލުން ރާވައި ހިންގާ ހުރިހާ އިޖުތިމާއި ހަރަކާތަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ، އެ ރަށުގައި ހުރި ބައްތިތައް ގިނަ ފަހަރަށް ހުންނަނީ އެކި މައްސަލަތަކާ ހެދި ނިވިފަ ކަމަށާއި އެ ކައުންސިލުން މަގުބައްތިތައް ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެއީ އަނެއް ތިން ރަށުގައި ވެސް ދިމާވާ މައްސަލައެއްކަން އެ ރަށްތަކުގެ ކައުންސިލްގެ ރައީސުން ފާހަގަކުރެއްވި އެވެ.

އުކުޅަހާއި ތޮއްޑޫ އަދި ރަސްދޫގެ މަގުބައްތިތައް ދިއްލުމާއި މަރާމާތުކޮށް، ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ސްޓެލްކޯއިންނެވެ. އެ މަސައްކަތާ ހަވާލުވި ކަމަށްޓަކައި އެ ރަށްތަކުގެ ކައުންސިލުން ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ.