28 އޯގަސްޓް 2022 - 07:06

ބޮލީވުޑްގައި މަސައްކަތްކުރާތާ 34 އަހަރުވުމާ ދިމާކޮށް ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމުގައި އޭނާ ފެންނަ ގޮތް ދައްކާލައިފި އެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 34 އަހަރުވުމުން ސަޕޯޓަރުންނަށް ސަލްމާން ދިން ހަދިޔާއަކީ އޭނާގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގައި އޭނާ ފެންނާނެ ގޮތް ރީއްޗަށް ދައްކާލުމެވެ.
ސޯޝަލް މީޑިއާގައި ސަލްމާން އާންމުކުރި ވީޑިއޯގައި އޭނާ ފެންނަނީ ވަރަށް ތަފާތުކޮށެވެ. ކޮނޑާ ހިސާބަށް އަރާ ވަރަށް ދިގުކޮށް ހުރި އިސްތަށިގަނޑު ހާވާލާފައި ހުރި މަންޒަރު ފެންނައިރު އޭނާ ވަނީ 34 އަހަރު ކުރިން އަދި މިއަދު ވެސް އޭނާއާ އެކު ސަޕޯޓަރުން ތިބި ކަމަށްޓަކައި ޝުކުރުއަދާކޮށްފަ އެެވެ.
މީގެ ކުރިން ވެސް ސަލްމާން އެ ފިލްމުގައި ފެންނާނެ ގޮތް ދައްކާލި އެވެ. އެކަމަކު ބޯދިގުކޮށްފައި ހުއްޓަަސް އެފަހަރު ރީއްޗަށް މޫނެއް ނުދައްކަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެކްޝަން، ކޮމެޑީ ބައި ވެސް އެކުލެވޭ އެ ފިލްމަކީ ލޯބީގެ ފިލްމެެއް ވެސް މެ އެވެ. އަދި ރީތި ލަވަތަކެއް ވެސް އެ ފިލްމުގައި ހިމެނޭނެ ކަމަށްވެ އެވެ.
ފަރްހާދު ސަމްޖީ ޑައިރެކްޓްކޮށް ނެރޭ އެ ފިލްމުގައި ސަލްމާން އާއެކު ޕޫޖާ ހެޖް އާއި ޖަސީ ގިލް އާއި ރާގަވް ޖުޔަލް އަދި ސިދާތު ނިގަމް އާއި ޝެހެނާޒް ގިލް ފެންނާނެ އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ އީދުގަ އެވެ.