27 އޯގަސްޓް 2022 - 18:07

ޕޯސްޓުން ރާއްޖެއަށް އެތެރެކުރި ޕާރުސަލެއްގެ ތެރެއިން ކިލޯއަކަށް ވުރެ ގިނަ ޑްރަގްސް ފެނުނު މައްސަލައިގައި ޒުވާނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރީ 23 އަހަރުގެ އަންހެނެކެވެ. އެނގިފައިވާ ގޮތުގައި އެ އެއްޗެހި އެތެރެކުރީ ޕޯސްޓު މެދުވެރިކޮށެވެ.
ޑްރަގްސް އެތެރެކުރި މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
އަމުރުގައި ބުނިގޮތުގައި އެ އަންހެން މީހާއާ ދެކޮޅަށް ތުހުމަތެއް ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެ އެވެ. އަދި އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ވެސް ބުންޏެވެ.
ޕޯސްޓުން އެހެން މީހުންގެ ނަން ނަމުގައި އެއްޗެހި ގެނެސް ލަނޑު ދިނުމުގެ މައްސަލަ މިހާރު ވަރަށް ގިނަ އެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.