އެޑިޔުކޭޝަން ފެއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
އެޑިޔުކޭޝަން ފެއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މި އަހަރުގެ އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއި ކޮށްފި އެވެ.

ދިރާގުން ބުނީ، އެ ފެއާއަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ނިއު މިލޭނިއަމް ކޮންސެޕްޓް އިން އިންތިޒާމްކޮށްގެން ބާއްވާ ފެއާއެއް ކަމަށެވެ. އެ ފެއާ މެދުވެރިކޮށް ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް ރާއްޖެ އާއި ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖު އަދި ޕޯސްޓް ސެކަންޑަރީ ތައުލީމުދޭ މަރުކަޒުތަކުގައި ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކުގެ މަައުލޫމާތު ދޭނެ ކަމަށެވެ.

އަދި އެފަދަ ތަންތަނުގެ ޕްލޭސްމަންޓް ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް އެ ފެއާއިން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މި އަހަރު ބައްވާ އެ ފެއާއަކީ އެ އެޑިއުކޭޝަން ފެއާގެ ހަ ވަނަ އެޑިޝަނެވެ. އެ ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މަހުގެ 26 އިން 27 އަށް މީރުމާ އިވެންޓްސް ހޯލުގަ އެވެ. އެ ފެއާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

ދިރާގުން ބުނި ގޮތުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން އެ ކުންފުނިން މުޅި އެ ފެއާގައި ޑިޖިޓަލް އެހީތެރިކަމާއި ކަނެކްޓިވިޓީ ފޯރުކޮށްދޭނެ އެވެ. އަދި ދިރާގުން އަބަދުވެސް ދަނީ ދިވެހިރާއްޖޭގެ އެޑިއުކޭޝަން ދާއިރާ ކުރިއަރުވާ ޒުވާނުންނަށް އިތުރު ފުރުސަތުތައް މަގުފަހިވާނެ ތަފާތު މަސައްކަތްތަކަށް އެއްބާރުލުންދެމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.