ފުރަތަމަ ދަރިފުޅާ އެކު ދިއާ އަށް ވަރަށް ހިތްދަތި ތަޖުރިބާއެއް
ފުރަތަމަ ދަރިފުޅާ އެކު ދިއާ އަށް ވަރަށް ހިތްދަތި ތަޖުރިބާއެއް

ބޮލީވުޑްގެ ތަރި ދިއާ މިރްޒާ، ވިހޭއިރު އުޅުނީ ވަރަށް ހާލުގައި ކަމަށާއި އޭނާ އާއި ދަރިފުޅަށް ނުރައްކާވެ، ވަރަށް ބޮޑަށް ހާސްވި ކަމަށް ދިއާ ބުނެފި އެވެ.

ފުރަތަމަ ދަރިފުޅާ އެކު ދިއާ އަށް ވަރަށް ހިތްދަތި ތަޖުރިބާއެއް
ފުރަތަމަ ދަރިފުޅާ އެކު ދިއާ އަށް ވަރަށް ހިތްދަތި ތަޖުރިބާއެއް

ދިއާ އާއި ވިޔަފާރިވެރިޔާ ވައިބަވް ރޭކީ އަށް ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ މޭ މަހު އެވެ.

އެ ތަޖުރިބާ ކިޔައިދެމުން ދިއާ ސިފަކުރީ އެއީ އޭނާ އާއި ދަރިފުޅުގެ ފުރާނަ ނުރައްކާވި ވަގުތުކޮޅެއްގެ ގޮތުގަ އެވެ.

ދިއާ ބުނި ގޮތުގައި އޭނާ އަށް ދަރިފުޅު އުރާލަން ލިބުނީ ކުއްޖާ ވިހޭތާ ދެ މަސް ފަހުންނެވެ. ދުވަސް ނުފުރާ ކުއްޖާ ވިހެއުމުގެ ސަބަބުން ސާޖަރީއެއް ވެސް ހަދަން ޖެހުނު ކަމަށް ބުންޏެވެ.

ކުއްޖާގެ ހާލު ގޯސްވެ، އެތައް ދުވަހަކު އައިސީޔޫގައި ކުއްޖާ ބާއްވަން ޖެހުނުއިރު، އޭނާ ވަނީ ނަރުހުންނާއި ޑޮކްޓަރުން ކުއްޖާ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ވެސް ފާހަގަކޮށްފަ އެވެ.

ދިއާ ބުނީ އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށާއި އޭނާ ވަރަށް ބޮޑަށް ބަލިވި ކަމަށެވެ. ބަނޑަށް ފަސް މަހުގައި އެޕެންޑިކްސް ސާޖަރީއެއް ހަދަން ޖެހުނެވެ. އެއީ އިންފެކްޝަނެއް މުޅި ހަށިގަނޑަށް ފެތުރެން ފެށުމުން ކުރަން ޖެހުނު ސާޖަރީއެކެވެ.

"އެ އިންފެކްޝަނާ ހެދި ޑޮކްޓަރުން އެންގީ ދަރިފުޅު ނަގަން. އެހެން ނޫން ނަމަ ދެ މީހުންގެ ފުރާނަ އަށް ވެސް ވަރަށް ބޮޑަށް ނުރައްކާވާނެ ކަމަށް ބުނީ. ކުއްޖާ ނެގުމަށް ފަހު 36 ގަޑިއިރަކީ އަހަރެމެން ދެ މީހުންނަށް ވެސް ވަރަށް ނުރައްކާތެރި ވަގުތު ކޮޅެއް. ކުއްޖާ ވެސް ސާޖަރީއެއް ހަދަން ޖެހުނު،" އޭނާ ކިޔައިދިނެ އެވެ.

ކުއްޖާގެ ދެ ސާޖަރީއެއް ހަދައި ކުއްޖާ އޮތީ އޭރު އެންއައިސީޔޫ އަށް ލާފައި ކަމަށާއި އެހެންވެ އެ ދަރިފުޅާ ބައްދަލުވީ ދެ މަސް ފަހުން ކަމަށް ދިއާ ބުންޏެވެ. އެކަމަކު، ކޮންމެ ހަފުތާއަކު ދެ ފަހަރު ކުޑަ ވަގުތުކޮޅަކަށް ކުއްޖާއާ ދިމާވެ އެވެ.

ދިއާ އެންމެ ފަހުން ފެނުނީ "ތައްޕަޅު" އިންނެވެ. ތާޕްސީ ޕަންނޫ ލީޑު ރޯލުކުޅެފައިވާ އެ ފިލްމަށް ފަހު ދިއާގެ ކުރިއަށް އޮތް ފިލްމަކީ ތަރުން ޑުދޭޖާގެ "ދަކް ދަކް" އެވެ.