އާ އައިފޯނުތައް އަންނަ މަހުގެ ހަތެއްގައި ދައްކާލަނީ
އާ އައިފޯނުތައް އަންނަ މަހުގެ ހަތެއްގައި ދައްކާލަނީ

އެންމެ ބޮޑު އެއް ޓެކް ކުންފުނި އެޕަލްގެ ފްލެގްޝިޕް ފޯނު، އައިފޯނު ސީރީޒް އަންނަ މަހު ދައްކައިލުމަށް ތައްޔާރު ވެއްޖެ އެވެ.

އާ އައިފޯނުތައް އަންނަ މަހުގެ ހަތެއްގައި ދައްކާލަނީ
އާ އައިފޯނުތައް އަންނަ މަހުގެ ހަތެއްގައި ދައްކާލަނީ

އެޕަލް އިން ބޮޑު އިވެންޓެއް ބޭއްވުމަށް ވަނީ މިހާރު ދައުވަތު ފޮނުވަން ފަށައިފަ އެވެ. އޮންލައިންކޮށް ބޭއްވުމުގެ ބަދަލުގައި މި ފަހަރު ކުޕަޓީނޯގައި ހުންނަ ސްޓީވް ޖޮބްސް ތިއޭޓަރުގައި ބާއްވާ އިވެންޓަށް ދައުވަތު ފޮނުވަން ފަށާފައިވަނީ "ފާ އައުޓް"ގެ ނަމުގަ އެވެ.

އާ އައިފޯނުތައް އަންނަ މަހުގެ ހަތެއްގައި ދައްކާލަނީ
އާ އައިފޯނުތައް އަންނަ މަހުގެ ހަތެއްގައި ދައްކާލަނީ

އެ އިވެންޓުގައި ގިނަ ބައެއްގެ ސަމާލު ކަމެއް ލިބޭނީ އައިފޯނަށެވެ. ނުވަތަ އައިފޯން 14 އަށެވެ.

ލީކްވެފައިވާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަހަރު އައިފޯން ސީރީޒް 14ގެ ހަތަރު ފޯނެއް ނެރޭނެ އެވެ. އޭގެ ތެރޭގައި ޕްރޯ މޮޑެލްގެ ދެ ފޯނާއި އާންމު މޮޑެލްގެ ދެ ސައިޒްގެ ފޯނެވެ.

މިއީ އައިފޯނު ގެންގުޅޭ މީހުންނަށް ބޮޑު އަހަރަކަށް ވާނެ އެވެ. މި އަހަރުގެ ފޯނާއެކު އައިފޯނުގެ ޑިޒައިނަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލީކްވެފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އެންމެ ބޮޑު ބަދަލަކީ ފޯނުގެ ޑިޒައިނަށް ތައާރަފުކުރި "ނޮޗް" އެންމެ ފަހުން ބަދަލު ކުރާ ކުރުމެވެ.

އެޕަލް އިން 2017 ގައި ތައާރަފުކުރި އައިފޯން އެކްސްއާއެކު ފޯނުގެ ޑިސްޕްލޭ ފަޅީގައި ބޮޑު ނޮޗެއް ހިމެނެ އެވެ. އެ އަށް ފަހު ކޮންމެ އަހަރަކު ނެރުނު އައިފޯނުގެ ޑިސްޕްލޭ ބަލަން ޖެހެނީ އެގޮތަށެވެ. ނަމަވެސް މި އަހަރު އެ ޑިޒައިން ބަދަލު ވާނެ އެވެ. މި އަހަރުގެ ފޯނުގައި ހުންނާނީ "ޕިލް" ކޮޅެއް ފަދަ ހޯލް ޕަންޗް ޑިސްޕްލޭ އެކެވެ.

މުޅި ފޯނުގެ ހާޑްވެއާ ވެސް އަޕްގްރޭޑް ކުރާއިރު، ކެމެރާ އަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލީކްވެފައިވާ މައުލޫމާތުތައް ބުނެ އެވެ.

އައިފޯނުގެ އިތުރުން އައިފޯންގެ އޮޕަރޭޓިން ސިސްޓަމް "އައިއޯއެސް"ގެ އެންމެ ފަހުގެ ވާޝަން "އައިއޯއެސް 16" އެ އިވެންޓުގައި ރިލީޒް ކުރާނެ އެވެ.