އޯކޭ ސަޕްލައި އިން ނެސްކެފޭ ކްރިމާ ނެރެފި
އޯކޭ ސަޕްލައި އިން ނެސްކެފޭ ކްރިމާ ނެރެފި

ޓޭކްއަވޭ މާކެޓުގައި ޑިމާންޑު އޮންނަ ޕްރޮޑަކްޓުތައް ވިއްކަމުން އަންނަ އޯކޭ ސަޕްލައި އިން ނެސްކެފޭގެ ޕްރިމިއަމް ވައްތަރެއް ކަމަށްވާ ނެސްކެފޭ ކްރިމާ ނެރެފި އެވެ.

އޯކޭ ސަޕްލައި އިން ނެސްކެފޭ ކްރިމާ ނެރެފި
އޯކޭ ސަޕްލައި އިން ނެސްކެފޭ ކްރިމާ ނެރެފި

ނެސްކެފޭ ކްރިމާ އަކީ ކިރު ކޮފީގެ ވައްތަރެއް ކަމަށް އެ ފިހާރައިން ބުނެއެވެ. އަދި އެ ކޮފީ އަކީ ވަރަށް ކޮލިޓީ ރަނގަޅު ކޮފީ ބީންސްއަކުން ތައްޔާރުކޮށްފައިވާ ކޮފީއެއް ކަމަށް ވެސް އެ ފިހާރައިން ބުނެއެވެ. އަދި އެ ކޮފީ ބަންދު ކޮށްފައި ވަނީ، ދިގު މުއްދަތެއް ވަންދެން ކޮފީގެ ރަހަ ރައްކާތެރިކޮށްދީ ހިފަހައްޓައިދޭ ހާއްސަ ފުޅިއެއްގައި ކަމަށް ވެސް އެ ފިހާރައިން ބުނެއެވެ.

އޯކޭ ސަޕްލައި އިން ބުނީ، ނެސްކެފޭގެ ކްރީމާ އާއި ޕްރިމިއަމްގެ އިތުރު ވައްތަރުގެ ކޮފީ ވެސް އެތަނުން ލިބޭނެ ކަމަށެވެ. އަދި ކޮފީ ވެންޑިން މެޝިން ލިބެން ހުރި ކަމަށް އެ ފިހާރަ އިން ބުނެ އެވެ.

އޯކޭ ސަޕްލައި އިން ނެސްކެފޭ ކްރީމާގެ އިތުރުން ދާދި ފަހުން އައިސްކްރީމް ކޯނުގެ ވޮފްލް ކޯނު ވެސް ވަނީ މާކެޓަށް ނެރެ ވިއްކަން ފަށައިފަ އެވެ. ވޮފްލް ކޯން އަކީ އާއްމުކޮށް ވިއްކަން ހުންނަ ކޯނުތަކަށް ވުރެ ކްރަންޗީ އަދި މީރު ކޯނެއް ކަމަށް އޯކޭ ސަޕްލައި އިން ބުނެއެވެ. އޯކޭ ސަޕްލައި އިން ބުނީ އެ ފިހާރައިން ވޮފްލް ކޯނުގެ ޗޮކްލެޓް، ސްޓްރޯބެރީ އަދި ވެނީލާ ފްލާވާ ލިބެން ހުންނާނެ ކަމަށެވެ.

އޯކޭ ސަޕްލައި އިން ވިއްކާ ހުރިހާ ޕްރޮޑަކްޓެއް ހޯލްސޭލް އަދި ރީޓެއިލް އަގުތަކުގައި އެ ޝޯރޫމްއިން ލިބެން ހުންނާނެ އެވެ.

ނޯޓް: މިއީ އޯކޭ ސަޕްލައިގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.