25 އޯގަސްޓް 2022 - 07:50

ބޮލީވުޑްގެ ތަރި، އަކްޝޭ ކުމާރާއި ޒުވާން ތަރި، ރަކުލް ޕްރީތު ސިންގް ލީޑު ރޯލު ކުޅޭ ފިލްމު، "ކަޓްޕުޓްލީ" ގެ ފުރަތަމަ ލަވަ ނެރެފި އެވެ.
އަކްޝޭ ކުމާރުގެ ކްރައިމް ތުރިލާ "ކަޓްޕުޓްލީ" ގެ ފުރަތަމަ ލަވައަށް ކިޔަނީ "ސާތިޔާ" އެވެ. ތަނިޝްކް ބަގްޗީ ލިޔެފައިވާ އެ ލަވަ ކިޔާފައި ވަނީ ޒަހަރާ ޚާނާއި ނިކިލް ޑި ސޫޒާ އެވެ.
އެ ފިލްމު ސްޓްރީމް ކުރާނީ އަންނަ މަހުގެ ދެވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގަ އެވެ. ސައިކޮލޮޖިކަލް ތުރިއްލާއެއް ކަމަށްވާ މި ފިލްމަށް އެންމެ ފުރަތަމަ ދިން ނަމަކީ "މިޝަން ސިންދްރެލާ" އެވެ. އެކަމަކު މިހާރު ފިލްމަށް ކިޔާ ގޮތަށް ނިންމާފައި ވަނީ "ކަޓްޕުޓްލީ" އެވެ.
ޑައިރެކްޓަރު ރަންޖިތު ތިވާރީގެ އެ ފިލްމަކީ ފުރާވަރު އަންހެން ކުދިން މަރަމުންދާ މީހަކު ހޯދަން ޕޮލިސް ސަބް އިންސްޕެކްޓަރަކު ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.