ވިލާ ސިމެންތީގެ އަގު ހެޔޮކޮށްފި
ވިލާ ސިމެންތީގެ އަގު ހެޔޮކޮށްފި

ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ އެކި ސާމާނު ވިއްކާ ވިލާ ހަކަތައިން ސިމެންތީގެ އަގުހެޔޮކޮށްފި އެވެ.

ވިލާ ހަކަތައިން ބުނީ އަގަށް ގެނައި ބަދަލުތަކަކީ އެ ކުންފުނިން ދިގު މުއްދަތަކަށް ސިމެންތި ކެރިއަރެއް ޗާޓަރު ކުރުމާ ގުޅިގެން އެ ފިހާރައިގެ ހަރަދުތައް ކުޑަވުމުން ގެނައި ބަދަލެއް ކަމަށެވެ. އެ ބަދަލާ އެކު ހޯލްސޭލް އަދި ރީޓޭލްގެ އަގުތަކަށް ބޮޑު ބަދަލެއް މިހާރު ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.

ވިލާ ހަކަތައިން ބުނީ ސިމެންތި އުފުލަން ޗާޓަރު ކުރި ބޯޓަކީ 12،000 ޓަނުގެ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓުގެ ސަބަބުން މެދުނުކެނޑި ސިމެންތި ގެނެވޭނެ ކަމަށް ވެސް ބުންޏެވެ.

ވިލާ ސިމެންތި އަކީ ރާއްޖޭގައި ޕެކް ކޮށްގެން ވިއްކަމުންދާ ސިމެންތިއެކެވެ. އެ ސިމެންތި ޕެކްކޮށްފައި ހުންނަ ކޮތަޅަކީ ރާއްޖޭގެ މޫސުމާ ގުޅޭ ކޮތަޅެއް ކަމަށް ވާތީ، ސިމެންތި ގަނޑުވުން ފަދަ މައްސަލަތައް ދިމާ ނުވާނެ ކަމަށް ވިލާ ހަކަތައިން ބުންޏެވެ. އަދި އެތަނުން ބުނާ ގޮތުގައި، ރާއްޖޭގައި ލިބެން ހުންނަ އެހެން ސިމެންތިއާ ހިލާފަށް އެ ސިމެންތި އަކީ ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ސިމެންތިއެކެވެ.

ވިލާ ހަކަތައިން ބުނީ އެތަނުގެ އަމާޒަކީ އަބަދުވެސް ކަސްތަމަރުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން ކަމަށެވެ. އެހެންވެ އެކި ޕްރޮމޯޝަންތައް ހިންގައި އެކި ޕްރޮޑަކްޓުތަކުގެ މައުލޫމާތު ފަސޭހައިން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ވިލާ ހަކަތައިގެ އެ އުފެއްދުމާ ގުޅޭ އިތުރު މައުލޫމާތު 7236464 އަދި 3327811 އިން ލިބޭނެ އެވެ.