24 އޯގަސްޓް 2022 - 14:01

މަޝްހޫރު ޖީ2000 އަދި ޖިއަޑާނޯ ބްރޭޑުގެ ހެދުން އެކްސްކްލޫސިވްކޮށް ވިއްކާ ކްލެސިކް ފިހާރައިން އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ފިހާރައިން ބުނީ، މި ޕްރޮމޯޝަންގައި ދެ އައިޓަމް ގަތުމުން ހިލޭ އިތުރު އައިޓަމެއް ލިބޭނެ ކަމަށެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށް ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.
ކްލެސިކް ފިހާރަ އަކީ ޖިއާޑާނޯ އާއި ޖީ2000 ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ފިހާރައިގައި އެ ބްރޭންޑުގެ އޮފިޝަލް އަދި ކެޝުއަލް ވެއާ ހުރެ އެވެ.
ކްލެސިކް ފިހާރަ ހުޅުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު، ކުލަ ގަދަ ރަސްމިއްޔާތަކާއި ފެޝަން ޝޯއަކާ އެކު އެވެ. އެ ފިހާރައިގެ މަގުސަދަކީ ރާއްޖޭގައި ފެޝަނަށް ޝައުގު ހުންނަ ފަރާތްތަކަށް މޮޅު، ކޮލިޓީ ރަނގަޅު، ރީތި ބްރޭންޑުތަކެއްގެ ކްލޯތިން ލައިންތަކެއް ގެނެސް ދިނުމެވެ.
އަމީރުއަހުމަދުމަގުގެ މިލޭނާ ޓަވަރުގައި ހުންނަ މި ފިހާރައަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ.