އިންޑިއާގައި ފްލޮޕަކަސް ދުނިޔޭގެ މާކެޓްގައި ލާލް ސިންގް ޗައްދާއަށް ބޮޑު ކާމިޔާބީއެއް
އިންޑިއާގައި ފްލޮޕަކަސް ދުނިޔޭގެ މާކެޓްގައި ލާލް ސިންގް ޗައްދާއަށް ބޮޑު ކާމިޔާބީއެއް

ބޮލީވުޑްގެ ތަރި، އާމިރު ޚާނުގެ "ލާލް ސިންގް ޗައްދާ" އަކީ އިންޑިއާގައި ބޮޑު ފްލޮޕަކަށް ވިޔަސް ދުނިޔޭގެ މާކެޓްގައި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރިޕޯޓްކޮށްފި އެވެ.

މުހިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުން ރިޕޯޓްކުރާ ގޮތުގައި ހޮލީވުޑް ފިލްމު، ފޮރެސްޓް ގަމްޕްގެ ހިންދީ ރިމޭކު ކަމުގައިވާ ލާލް ސިންގް ޗައްދާއަށް ބައިނަލްއަގްވާމީ މާކެޓްގައި ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

ދުނިޔޭގެ މާކެޓްގައި އެ ފިލްމު ވަނީ "ގަންގޫބާއީ ކަތިއާވާޑީ" އާއި "ބޫލް ބުލައްޔާ 2" އަދި "ދަ ކަޝްމީރު ފައިލްސް" ވައްޓާލައި މިއަހަރު ދުނިޔޭގެ މާކެޓްގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު ހިންދީ ފިލްމުގެ ޖާގަ ހޯދައިފަ އެވެ.

ފިލްމު ރިލިޒްކުރިތާ ހަފްތާއެއްގެ ތެރޭގައި ދުނިޔޭގެ މާކެޓުން 59 ކްރޯޑް ރުޕީސް ހޯދާފައިވެ އެވެ. އެ ފިލްމު ދުނިޔޭގެ މާކެޓުގައި ވައްޓާލި ހިންދީ ފިލްމުތަކަކީ އިންޑިއާގައި ހިޓްވި ފިލްމުތަކެކެވެ.

ލާލް ސިންގް ޗައްދާއަށް އިންޑިއާގައި މާބޮޑު ކާމިޔާބެއް ނުލިބުނީ ފިލްމު ރިލީޒްކުރުމާ ދިމާކޮށް ބޮއިކޮޓްކުރުމަށް ހިންގި ހަރަކާތްތަކެއްގެ ސަބަބުން ކަމަށް ބެލެވެ އެވެ.

ލާލް ސިންގް ޗައްދާކުރިން އާމިރު ފެނުނު، "ތަގްސް އޮފް ހިންދުސްތާން" އަކީ ވެސް ފްލޮޕެކެވެ. މިފަހަރުގެ ފިލްމު ފްލޮޕްވުމާ އެކު މިއީ 2000 ވަނަ އަހަރުގެ މެލާއަށް ފަހު، އާމިރުގެ ދެ ފިލްމެއް ޖެހިޖެހިގެން ފްލޮޕްވި ފުރަތަމަ ފަހަރެވެ. މެލާގެ ކުރިން 1999 ގައި ވަނީ އާމިރުގެ އާތު ނަމަކަށް ކިޔާ ފިލްމު ވެސް ފްލޮޕްވެފަ އެވެ. އޭގެ ފަހުން އޭނާ ދިނީ ހިޓް ފިލްމުތަކެކެވެ.

އަދްވެތު ޗަންދަން ޑައިރެކްޓްކޮށް ނެރުނު ފިލްމު ލާލް ސިންގް ޗައްދާގައި ކަރީނާ ކަޕޫރާއި މޯނާ ސިންގް އަދި ތެލޫގޫ ތަރި ނަގާ ޗައިތަންޔާ މަސައްކަތްކޮށްފައިވެ އެވެ.