ކްރުޝްނާ ދެން ކަޕިލް ޝަރްމާ ޝޯ އިން ނުފެންނާނެ
ކްރުޝްނާ ދެން ކަޕިލް ޝަރްމާ ޝޯ އިން ނުފެންނާނެ

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން، ކަޕިލް ޝަރްމާގެ "ދަ ކަޕިލް ޝަރްމާ ޝޯ" އިން ކޮމޭޑިއަން، ކްރުޝްނާ އަބިޝޭކް ދެން ނުފެންނާނެ ކަމަށް އޭނާ ބުނެފި އެވެ.

ހަތަރު ވަނަ ސީޒަން ކްރުޝްނާ ނުފެންނާނެ ކަމަށް އޭނާ ކަށަވަރުކޮށްދެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެގްރީމަންޓުގައި މައްސަލަތަކެއް އުޅޭތީ އެ ސީޒަންގެ ދެން އޮތް ބައިގައި މަސައްކަތް ނުކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކްރުޝްނާ، އެ ޝޯގައި މަސައްކަތްނުކުރަން ނިންމީ ފީގެ މައްސަލައަކާ ގުޅިގެންނެވެ. އޭނާ އާއި ޝޯގެ ޕްރޮޑިއުސަރުން މައްސަލަ ހައްލުކުރުމަށް ވަރަށް މަސައްކަތްކޮށްފައި ވިޔަސް އެއްގަލަކަށް ނޭރުމުން ޝޯ ދޫކޮށްލަން އޭނާ ނިންމީ އެވެ.

ކްރުޝްނާއަކީ ކަޕިލް ޝަރްމާ ޝޯގައި މުހިއްމު ރޯލެއް އަދާކުރަމުން އައި ތަރިއެކެވެ. އޭނާއަކީ އެކި ކެރެކްޓާތަކުގައި މީހުން ފޫހިފިލުވައިދިނުމުގެ މަސައްކަތްކުރާ ތަރިއެކެވެ.

ހަތަރު ވަނަ ސީޒަން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ. ކުރުޝްނާގެ ނުފެނުނު ނަމަވެސް ކުރީ ސީޒަންގައި ފެނުނު ސުމޮނާ ޗަކްރަވަތީ އާއި އަރްޗްނީ ޕޫރަން ސިންގް ފަދަ އިތުރު ތަރިން ފެންނާނެ އެވެ. އެކަމަކު މަޝްހޫރު އަންހެން ކޮމޭޑިއަން، ބާރްތީ ސިންގް ވެސް އެހާ އާންމުކޮށް ނުފެންނާނެ އެވެ.