ފުރަތަމަ މޮޅާއެކު ޓެން ހާގްގެ ތައުރީފް ބްރޫނޯ އާއި ވަރާން އަށް
ފުރަތަމަ މޮޅާއެކު ޓެން ހާގްގެ ތައުރީފް ބްރޫނޯ އާއި ވަރާން އަށް

މެންޗެސްޓާ (އޮގަސްޓް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށް، ކޯޗު އެރިކް ޓެން ހަގް އާއެކު ފުރަތަމަ މޮޅެއް ހޯދި މެޗުގައި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އާއި ޑިފެންޑަރު ރަފޭލް ވަރާންގެ ލީޑަޝިޕަށް ކޯޗު ވަރަށް ބޮޑަށް ތައުރީފް ކޮށްފި އެވެ.

ފުރަތަމަ މޮޅާއެކު ޓެން ހާގްގެ ތައުރީފް ބްރޫނޯ އާއި ވަރާން އަށް
ފުރަތަމަ މޮޅާއެކު ޓެން ހާގްގެ ތައުރީފް ބްރޫނޯ އާއި ވަރާން އަށް

ފުރަތަމަ ދެ މެޗުން ބަލިވެގެން ތިންވަނަ މެޗުގައި ޔުނައިޓެޑް މޮޅުވީ ޖޭޑަން ސަންޗޯ އާއި މާކަސް ރަޝްފޯޑުގެ ލަނޑުތަކުންނެވެ. ކެޕްޓަން ހެރީ މެގުއާ އާއި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ބެންޗުގައި އިން އިރު، ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ބްރޫނޯ އެވެ.

މެޗަށްފަހު ޓެން ހަގް ބުނީ، ލިވަޕޫލާއި ޔުނައިޓެޑްގެ ވާދަވެރިކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ނަމަވެސް ލިވަޕޫލާ ދެކޮޅަށް ދެއްކި ހިތްވަރު ކޮންމެ މެޗަކަށް ވެސް މުހިއްމު ކަމަށެވެ. އަދި ރޭގެ މެޗުގައި ފެނުނީ ޓީމެއްގެ ގޮތުގައި ކުޅެ ތޫނުފިލިކަމާ އެކު މެޗު ކާމިޔާބު ކުރިތަން ކަމަށެވެ.

"އޭނާ (ބްރޫނޯ) ލީޑާޝިޕް ދައްކުވައިދީފި ވަރަށް ރަނގަޅަށް (ރަފޭލް) ވަރާން އާއެކު. އެމީހުން ތަފާތު ދައްކުވައިދީފި، ދެ މީހުން އެކަންޏެއް ނޫން، އަހަރެމެން ބޭނުންވޭ އިތުރު ލީޑަރުން،" ބްރޫނޯ އާއި ވަރާންގެ ލީޑާޝިޕަށް ތައުރީފް ކުރަމުން ކޯޗު ޓެން ހަގް ބުންޏެވެ.

"ޓީމެއް މޮޅުވާން ބޭނުން ނަމަ ބޭނުންވާނެ ލީޑަރުން. ހަމަ އެއާ އެކު މިއަދު (ލިވަޕޫލާ ދެކޮޅަށް) ކުޅުނުހެން މޮޅުވުމުގެ ރޫހާއެކު ކުޅެން ޖެހޭ."

މީގެ އިތުރުން ބްރޫނޯ އާއެކު ޔުނައިޓެޑްގެ މިޑްފީލްޑުގައި މުހިއްމު ދައުރެއް އަދާކުރި ސްކޮޓް މެކްޓޮމިނޭ އާއި ޓީމުގެ ފަހަތުގައި ވަރާން އާއެކު އާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒްގެ ޕާޓްނާޝިޕަށް ވެސް ޓެން ހަގް ވަނީ ތައުރީފް ކޮށްފަ އެވެ. އަދި ޓީމުގައި ދެން ތިބި ކުޅުންތެރިން ވެސް ދަނޑުމަތީގައި އަމިއްލައަށް ޒިންމާ ނަގައިގެން ކުޅުމުގެ މުހިއްމު ކަން އޭނާ ފާހަގަ ކުރި އެވެ.

ޓެން ހަގް އިތުރަށް ބުނީ، ޓްރާންސްފާ ބާޒާރު އަދި ބަންދު ނުވާ ކަމަށާއި ޓީމަށް އިތުރު ކުޅުންތެރިން ގެންނަން ބޭނުން ވާކަމަށެވެ. އަދި ގިނަ ކުޅުންތެރިން ގެނައުމުގެ ބަދަލުގައި ރަނގަޅު ކޮލިޓީ ކުޅުންތެރިން ގެންނަން އޭނާ އިސްކަމެއް ދޭ ކަން ވެސް ޓެން ހަގް ފާހަގަ ކުރި އެވެ.

ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑުން ވަނީ އެޓީމުން 60 މިލިއަން ޕައުންޑަށް ގަތް މިޑްފީލްޑަރު ކަސެމީރޯ، ވެސް ރަސްމީކޮށް ދައްކާލައިފަ އެވެ. ރެއާލް މެޑްރިޑާ އެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ބްރެޒިލްގެ މިޑްފީލްޑަރާ އެކު ޔުނައިޓެޑްގެ މެދުތެރެ އާއި ލީޑަޝިޕް ވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅު ވެގެން ދާނެ ކަމަށް ޓެން ހަގް އުންމީދު ކުރެ އެވެ.