އާލިއާ ބުނީ އޭނާ ކަމުނުދާ ނަމަ ފިލްމު ނުބެލީމާ ނިމުނީ ކަމަށް
އާލިއާ ބުނީ އޭނާ ކަމުނުދާ ނަމަ ފިލްމު ނުބެލީމާ ނިމުނީ ކަމަށް

ބޮލީވުޑްގެ ތަރި އާލިއާ ބަޓަށް އާއިލީ ނުފޫޒު ނުވަތަ ނެޕޮޓިޒަމްއާ ގުޅުވައިގެން ފާޑުކިޔާތީ، ފިލްމު ކަމުނުދާ ނަމަ އެ ފިލްމުތައް ނުބެލީމާ ނިމުނީ ކަމަށް ބުނެ އޭނާ ރައްދު ދީފި އެވެ.

އާލިއާ ބުނީ އޭނާ ކަމުނުދާ ނަމަ ފިލްމު ނުބެލީމާ ނިމުނީ ކަމަށް
އާލިއާ ބުނީ އޭނާ ކަމުނުދާ ނަމަ ފިލްމު ނުބެލީމާ ނިމުނީ ކަމަށް

އާލިއާ ބުނީ އޭނާއަށް އަބަދު އަމިއްލަ މީހާ ޑިފެންޑް ނުކުރެވޭނެ ކަމަށާއި އޭނާ ކަމުނުދާ ނަަމަ ފިލްމު ނުބެލިމާ ނިމުނީ ކަމަށެވެ.

އާލިއާ ވަނީ ނެޕޮޓިޒަމާ ގުޅުވައި ކިޔާ ފާޑުކިޔުމަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ފިލްމުތަކުގައި ރަނގަޅަށް މަސައްކަތްކޮށްގެން ސާބިތުކޮށްދޭނެ ކަމަށް ވެސް ބުނެފަ އެވެ.

އާލިއާ ބުނި ގޮތުގައި އޭނާއަށް ފާޑުކިޔާ މީހުންގެ އަނގަ ބަންދުކުރެވެން އޮތް ހަމައެކަނި ގޮތަކީ ފިލްމުތަކުގައި މޮޅަށް އެކްޓުކުރުމެވެ.

މީހުން ކިޔާ އެއްޗެހީގެ ސަބަބުން ދެރަވާ ކަމަށާއި އެކަމަކު އެއީ އޭނާ އެންމެ ގަޔާވާ ފިލްމީ މަސައްކަތާ އަޅާބަލާއިރު މާބޮޑު ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

އާލިއާ ވަނީ ގަންގޫބާއީ ކަހަލަ ހިޓު ފިލްމެއް އޭނާ ކުޅެފައިވާ ކަމަށާއި ފްލޮޕެއް އައުމާ ހަމައަށް އޭނާއަށް މިވަގުތު އުފާކުރެވެން އެބަ އޮތް ކަމަށް ވެސް ބުނެފަ އެވެ.

ފިލްމު ޕްރޮޑިއުސަރު/ ޑައިރެކްޓަރު މަހޭޝް ބަޓްގެ ހަގު އަންހެން ދަރިފުޅު އާލިއާ ފިލްމީ ދާއިރާއަށް ނިކުތީ 2012 ގައި ސްޓޫޑަންޓް އޮފް ދަ އިޔާ އިންނެވެ. ކަރަން ޖޯހަރުގެ އެ ފިލްމުން އޭނާ ބޮލީވުޑަށް ނިކުތުމުން ގިނަ ބައެއްގެ ފާޑުކިޔުން ކުރިމަތިވި އެވެ. އަދި އެކްޓްކުރުމުގެ ހުނަރު ނެތް ނަމަވެސް ތަރިންގެ ދަރިންނަށް ފަސޭހައިން ފިލްމުތައް ލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ވެސް މީހުން ނުރުހުން ފާޅުކުރެ އެވެ.

އެކަމަކު ފާއިތުވި 10 އަހަރުގެ ތެރޭގައި އެކި ކަހަލަ ފިލްމުތަކުގައި މަސައްކަތް އާލިއާ ވަނީ އޭލިސްޓުގެ ތަރިންގެ ތެރޭގައި ހިމެނިފަ އެެވެ.