22 އޯގަސްޓް 2022 - 12:40

ދިރާގުގެ "ސަޅި ޕްރިޕެއިޑް" ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ ދެ ޕެކޭޖެއް ތައާރަފު ކޮށްފަ އެވެ. އެއީ "ސަޅި 2 ވީކްސް" އާއި "ސަޅި މަންތުލީ" އެވެ. ދިރާގުން ބުނީ "ސަޅި 2 ވީކްސް" ޕްލޭނުން ކަސްޓަމަރުންނަށް ދެ ހަފްތާއަށް 4 ޖީބީ ޑެއިލީ ޑޭޓާ ލިބޭނެ ކަމަށެވެ. އެ ޕެކޭޖަކީ 265ރ. ގެ ޕެކޭޖެކެވެ.
ދިރާގުން ބުނީ "ސަޅި މަންތުލީ" ޕެކޭޖުން 495ރ. އަށް 150 ޖީބީގެ އެއް މަހުގެ ޑޭޓާ ލިބޭނެ ކަމަށެވެ. އެ ދެ ޕެކޭޖުގައި ޑޭޓާގެ އިތުރުން ދިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ގުޅުމުގެ ފުރުސަތާއި އިތުރު ޑޭޓާ ބޯނަސްގެ ފުރުސަތު ވެސް ލިބޭނެ އެވެ. ދިރާގުން ބުނީ އެ ދެ ޕެކޭޖު ވެސް ދިރާގުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި އެސް.އެމް.އެސް މެދުވެރި ކޮށް އެކްޓިވޭޓު ކުރެވޭނެ ކަމަށެވެ.
އެސް.އެމް.އެސް މެދުވެރިކޮށް "ސަޅި 2 ވީކް" ޕްލޭން އެކްޓިވޭޓު ކުރުމަށް ޖެހޭނީ "S1GB14" ޖެހުމަށް ފަހު 343 އަށް މެސެޖުކުރަންށެވެ. އަދި "ސަޅި މަންތުލީ" އެކްޓިވޭޓު ކުރެވޭނީ، "S1GB30" ޖެހުމަށް ފަހު 343 އަށް މެސެޖު ކޮށްގެންނެވެ.