ބޮޑެތި އިނާމުތަކާ އެކު އެސްޓީއޯއިން "މަގޭ ހިޔާ" ޕްރޮމޯޝަން ފަށައިފި
ބޮޑެތި އިނާމުތަކާ އެކު އެސްޓީއޯއިން "މަގޭ ހިޔާ" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ބޮޑެތި އިނާމުތަކެއް ދޭ ޕްރޮމޯޝަން "މަގޭ ހިޔާ" ފަށައިފި އެވެ.

ބޮޑެތި އިނާމުތަކާ އެކު އެސްޓީއޯއިން "މަގޭ ހިޔާ" ޕްރޮމޯޝަން ފަށައިފި
ބޮޑެތި އިނާމުތަކާ އެކު އެސްޓީއޯއިން "މަގޭ ހިޔާ" ޕްރޮމޯޝަން ފަށައިފި

އެ ޕްރޮމޯޝަނަކީ ގޭގެއަށް ބޭނުންވާ ހޯމް އެޕްލަޔަންސްތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުން ޑިސްކައުންޓު ދޭނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.

މި ޕްރޮމޯޝަންގައި 15،000ރ. އާއި 25،000ރ. އާ ދެމެދުގެ ވިޔަފާރިކުރާ ފަރާތްތަކަށް ޕްރޮޑަކްޓުތަކުން 12 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި 25،000ރ. އާއި 35،000ރ. އާ ދެމެދުގެ ވިޔަފާރި ކުރާ ފަރާތްތަކަށް 15 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ. އޭގެ އިތުރުން، 35،000ރ. އިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް 18 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ 5،000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަނުގައި ނަގާ ގުރުއަތުން އެއް ވަނަ ހޮވޭ ފަރާތަކަށް 20،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ދެ ވަނަ އަށް 10،000ރ. ގެ ފައިސާގެ އިނާމެއް އަދި ތިން ވަނަ އަށް 5،000ރ. ގެ ގިފްޓު ވައުޗަރެއް ވަނީ ކަނޑައަޅައިފަ އެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު 10ގެ ނިޔަލަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރަސްލް ހޮބްސް އާއި ރެމިންޓަން ފަދަ މޮޅެތި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ދަނީ ވިއްކަމުންނެވެ.