22 އޯގަސްޓް 2022 - 10:05

މާލެ/ހުޅުމާލެ ހައިވޭގައި ރޭ މެންދަމު ފުލުހުންގެ ކާރެއް ފުރޮޅާލައި ހިނގި އެކްސިޑެންޓެއްގައި އޭގައި ތިބި ބަޔަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، އެ ކާރުގައި ތިބި ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުންނަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ކަޅު ކުލައިގެ އެ ކާރު އޮތީ ފުރޮޅާލި ގޮތަށް ނުއަތަށެވެ. އެ ކާރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ބެލެވެ އެވެ.
އެ އެކްސިޑެންޓް ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.