ރެއިންބޯގެ ހަ ލައްކަ ރުފިޔާ ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ
ރެއިންބޯގެ ހަ ލައްކަ ރުފިޔާ ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ރެއިންބޯ ކުންފުނީގެ ހަ ލައްކައެއްހާ ރުފިޔާ ފޭރިގަތް މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރެއިންބޯގެ ފިހާރަައަކަށް ލިބުނު އެ ފައިސާ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ދެ ސައިކަލެއްގައި ގޮސް މަގުމަތިންނެވެ. ފައިސާ ފޭރިގަތީ ސައިކަލެއްގައި ރެއިންބޯގެ ހެޑް އޮފީހަށް އެ ފައިސާ ގެންދަނިކޮށެވެ.

ފުލުހުން ބުނީ މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރިޔަސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.