ބީއެމްއެލްގެ އެހީ 100 އަށް ވުރެ ގިނަ އާއިލާއަށް
ބީއެމްއެލްގެ އެހީ 100 އަށް ވުރެ ގިނަ އާއިލާއަށް

އިންސާނިޔަތުކަމުގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން 100 އަށް ވުރެ ގިނަ އާއިލާއަށް އެހީވެއްޖެ އެވެ.

ބީއެމްއެލްއިން އެހީވީ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ގުޅިގެންނެވެ. އެ ޖައްމިއްޔާއާ ގުޅިގެން ވަނީ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނަށް އަސާސީ ކާބޯތަކެތީގެ އެހީ ދީފަ އެވެ.

ބީއެމްއެލްއިން އެ ބޭންކުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިންނާއި އެހެނިހެން ހަރަކާތްތަކުގެ ތެރެއިން، ބޭނުން ޖެހިފައިވާ ފަރާތްތަކަށް އަންނަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

ބީއެމްއެލް އިން 2021 ވަނަ އަހަރުގެ ރޯދަ މަހު ވެސް އެތައް އާއިލާއަކަށް އެހީވުމަށް އާކް އަށް 100،000ރ. ހަދިޔާކުރި އެވެ.