އާލިއާގެ އާމްދަނީ ބަލަހައްޓަނީ މަންމަ
އާލިއާގެ އާމްދަނީ ބަލަހައްޓަނީ މަންމަ

ސްޓޫޑަންޓް އޮފް ދަ އިޔާ އިން ބޮލީވުޑަށް ނުކުތް ޒުވާން ތަރި، އާލިއާ ބަޓްގެ އާމްދަނީ ބަލަހައްޓަނީ އޭނާގެ މަންމަ ކަމަށް އޭނާ ބުނެފި އެވެ.

އާލިއާގެ އާމްދަނީ ބަލަހައްޓަނީ މަންމަ
އާލިއާގެ އާމްދަނީ ބަލަހައްޓަނީ މަންމަ

މީގެ 10 އަހަރު ކުރިން ރިލީޒްކުރި ފިލްމު، ސްޓޫޑަންޓް އޮފް ދަ އިޔާ އިން ފިލްމީ ދާއިރާއަށް ނިކުތް އާލިއާ ބުނި ގޮތުގައި އޭނާ ފުރަތަމަ ފިލްމަށް ނެގީ 15 ލައްކަ ރުޕީސްގެ ފީއެކެވެ.

އާލިއާއަކީ ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މަހޭޝް ބަޓާއި މަޝްހޫރު ތަރި ސޯނީ ރަޒްދާންގެ ދަރިއެކެވެ. އުމުރުން 19 އަހަރުގައި އޭނާ ފުރަތަމަ ފިލްމަށް ސޮއިކުރިއިރު އެ ފިލްމުގައި އޭނާއާ އެކު ދެން ފެނުނީ ވެސް މުޅިން އާ ތަރިންނެވެެ.

އާލިއާއަށް ލިބުނު ފުރަތަމަ އާމްދަނީއާ މެދު އޭނާ ކަންތައް ކުރި ގޮތް ކިޔައިދެމުން އާލިއާ ބުނީ ފައިސާ ލިބުމާ އެކު އޭނާ އެ ހަވާލުކުރީ މަންމައާ ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާ ފިލްމު ކުޅެގެންނާއި އިތުރު ގޮތްގޮތަށް ހޯދާ އާމްދަނީ ބަލަހައްޓަނީ އޭނާގެ މަންމަ ކަމަށް އާލިއާ ބުންޏެވެ.

ކަރަން ޖޯހަރު ޑައިރެކްޓްކޮށް 2012 ގައި ރިލީޒްކުރި ސްޓޫޑަންޓް އޮފް ދަ އިޔާއަކީ ކަރަންގެ ފިލްމީ ކެރިއަރުގައި ނެރުނު އެންމެ ހަޑި އެއް ފިލްމެވެ. "ނެޕޮޓިޒަމް" ޕްރޮމޯޓްކުރާ ކަމަށް ބުނެ ކަރަން އަށް ފާޑުކިޔަން ފެށީ ވެސް އެ ފިލްމާ އެކު އެވެ.