2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު
2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދާއިރު ސަރުކާރު ކޯލިޝަން ޕާޓީތައް އެމްޑީޕީ އާއެކު އޮންނާނެ ކަމަށް ދެކުމަކީ އަވާމެންދުރެއްގައި ތިބުން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު
2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު

އެމްޑީޕީގެ "ކޮންގްރެސް 2023" ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ޕާޓީ އަށް ތާއީދު ކުރައްވާ އެތައް ބައެއްގެ ވިންދާއި އިހުސާސްތަކާއި އުންމީދު ހުރަސްކޮށް ނަގާލައި، ގޮންޖަހައިގެން ކުރިޔަށް ގޮސް ކާމިޔާބީއެއް ނުހޯދޭނެ ކަމަށެވެ. އެމްޑީޕީގެ ހުރިހާ މެމްބަރުން އެކުގައި ތިބެގެން ނޫނީ އެ ޕާޓީ އަށް ކާމިޔާބު ނުވާނެ ކަން ޕާޓީގެ ހުރިހާ އާންމު މެމްބަރުން ވެސް ގަބޫލު ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު
2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު

އެހެން ނަމަވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ އެކުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތައް އެމްޑީޕީ އާއެކު އޮންނާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު
2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު

"މިއީ 2018 ވަނަ އަހަރެއް ނޫން. އެ ދުވަހު އަޅުގަނޑުމެން އިންތިހާބަށް ނިކުތް އިރު ވާދަވެރި ހުރިހާ ލީޑަރުން ތިބީ ހިފާ ހައްޔަރުކޮށްފައި. ހުންނެެވީ ރައީސް ޔާމީން އެކަނި ގިނިކަންޏާ،" ނަޝީދު ވިދާޅުވި އެވެ.

2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު
2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު

ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތައް މިހާރު ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ 2023 ކާމިޔާބު ކުރުމަށްޓަކައި ކަމަށާއި އެއީ އެކަން އޮންނަން ވެސް ޖެހޭ ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު
2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު

ނަމަވެސް އެމްޑީޕީ އަށް އެކަތިގަނޑެއް ގޮތުގައި އޮވެ އެ އިންތިހާބަށް ކުރިމަތި ނުލެވިއްޖެ ނަމަ ލިބެން އޮތް މިންވަރު ވަރަށް ކުޑަ ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު
2023 ގައި ކޯލިޝަން އޮންނާނެ ކަމަށް ދެކޭނަމަ މި ތިބެވެނީ އަވާމެންދުރެއްގައި: ނަޝީދު

"މިހެންކަމުން އިއްޒަތްތެރި ރައީސް.. ރައީސް އަރިހުން އަޅުގަނޑު މިރޭ އެދެނީ، މި ޕާޓީގެ ހުރިހާ މެމްބަރުން އެކުގައި ބައިތިއްބައިގެން ކުރިޔަށް ވަޑައިގެންނެވޭނެ. އެ މަގުން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ހަގީގަތުގައި ކާމިޔާބު ހޯދޭކަށް ނެތް،" ނަޝީދު ރައީސް އަރިހު އިލްތިމާސް ކުރެއްވި އެވެ.

ރޭ ފެށި ކޮންގްރެސް ތެރެއިން ޕާޓީގެ ތެރޭގެ ހުރިހާ މައްސަލަތަކެއް ހައްލު ކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެދެވޭ ބަދަލެއް ގެންނަ ކޮންގްރެސް އަށް ހެދިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް އަދި އަދާލަތު ޕާޓީއާއެކު ކޯލިޝަނެއްގައި ތިބެގެން 2023 ވަނަ އަހަރު އެމަނިކުފާނަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށާއި ޕާޓީ އަށް 2023 ކާމިޔާބު ކުރެވޭނީ އެމަނިކުފާނާއެކު ހުރެގެން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ބުއްދިވެރި ނިންމުމެއް ނޫނެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ 2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް އަހައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގެން ގައުމު ހިންގުމާ ހަވާލު ވެވަޑައިގަތުމަށެވެ.