ތަށި ލިބިގެން އުފަލެއް ނެތް، އަސްލު މަސައްކަތް ދެން އޮތީ: އާފީ
ތަށި ލިބިގެން އުފަލެއް ނެތް، އަސްލު މަސައްކަތް ދެން އޮތީ: އާފީ

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދިއަސް އެއްވަނަ ޑިވިޝަނަށް ނުދެވޭތީ އުފާ ކުރެވެން ނެތް ކަމަށާއި، ހަގީގީ މަސައްކަތް ފެށޭނީ ޕްލޭއޮފް ބުރުން ކަމަށް ރޭ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބަށް ހޯދައިދިން ކޯޗު އާފިއު މުހައްމަދު ހަމީދު (އާފީ) ބުނެފި އެވެ.

ތަށި ލިބިގެން އުފަލެއް ނެތް، އަސްލު މަސައްކަތް ދެން އޮތީ: އާފީ
ތަށި ލިބިގެން އުފަލެއް ނެތް، އަސްލު މަސައްކަތް ދެން އޮތީ: އާފީ

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސްއިން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. ފައިނަލުގައި ރޭ ޓީނޭޖުގެ މައްޗަށް ކުރި ހޯދީ 4-0 ންނެވެ.

ތަށި ލިބިގެން އުފަލެއް ނެތް، އަސްލު މަސައްކަތް ދެން އޮތީ: އާފީ
ތަށި ލިބިގެން އުފަލެއް ނެތް، އަސްލު މަސައްކަތް ދެން އޮތީ: އާފީ

އެކަމަކު މިފަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން ވެސް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގައެއް ނުލިބޭނެ އެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމަށް ވެސް ޖެހޭނީ ލީގު އުސޫލުން ކުޅޭ ރެލިގޭޝަންގެ ބުރުގައި ކުޅޭށެވެ. އެ ބުރުގައި ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކަލްބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ވެސް ވާދަ ކުރާނެ އެވެ. އަންނަ އަހަރު ދިވެހި ލީގުން ޖާގަ ލިބޭނީ ރެލިގޭޝަން ބުރުގެ އެންމެ ގަދަ ދެ ޓީމަށެވެ.

ކްލަބް ވެލެންސިއާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ އާފިއު ބުނި ގޮތުގައި އޭނާގެ މަސައްކަތް ފުރިހަމަ ވާނީ ފުރަތަމަ ޑިވިޝަނަށް ބުރު ސްޕޯޓްސް ގެންދެވުމުންނެވެ.

"މުބާރާތުގެ ތަށި ލިބުމަކީ ހިތްހަމަޖެހުމެއް. އެކަމަކު މީގެ ހަގީގީ އުފާ ލިބޭނީ ފަސްޓަށް ވަދެވުނީމަ،" ޒުވާން ގައުމީ ޓީމާއި އަންހެން ގައުމީ ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކުރި ކޯޗު ބުންޏެވެ.

"މި ޓީމުގެ މެނޭޖުމެންޓުން އަޅުގަނޑާ ހަވާލު ކުރީ ފަސްޓަށް ގެންދިއުމަށް. ހަގީގަތުގައި ދެން އެ މަސައްކަތް ފެށޭނީ."

ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ސީދާ ފުރަތަމަ ޑިވިޝަނަށް ވަދެވޭ ގޮތަށް އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށް ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގައި ކުރިން ކުޅުނު އާފިއު ބުންޏެވެ.

ޓީސީ ސްޕޯޓްސް ކްލަބުން 2014 ގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދިއރު އެ ޓީމުގައި ހެޑް ކޯޗު މުހައްމަދު ނިޒާމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އާފިއު ބުނީ މިފަހަރުގެ ފުރަތަމަ ޑިވިޝަންގެ ކޮލިފައިވުމަށް ކުރަން ޖެހޭ މަސައްކަތަކީ މިހާތަނަށް އެންމެ ދިގު ރާސްތާއެއް ކަޑަތުކޮށްގެން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން ޖެހޭ ފަހަރެވެ.

"މި ވެދާނެ ކަންނޭނގެ ފަސްޓަށް ވަންނަން އެންމެ ބޮޑު ޗެލެންޖާ ކުރިމަތިލާން ޖެހޭ ފަހަރަށް،" އޭނާ ބުންޏެވެ.

"އެކަމަކު މި ޓީމުގައި އޮތް ޓީމު ވޯކާއި ސްޕރިޓް އާ ބަލާފަ ވަރަށް ބޮޑު އުންމީދެއް އެބައޮތް."

އޭނަ ބުނީ ހެޑް ކޯޗެއްގެ ގޮތުގައި ފުރަތަމަ ތަށި ހޯދުމުގައި، އޭނާ ކުރިން މަސައްކަތް ކުރި ކޯޗުންގެ ކައިރިން ދަސްވި ކަންކަން ވަރަށް ބޮޑަށް ބޭނުން ކުރި ކަމަށެވެ. މީގެ ކުރިން އޭނާ ވަނީ ނިޒާމުގެ އިތުރުން އަންހެން ގައުމީ ޓީމުގައި މުހައްމަދު އާތިފް (އާތީ) އަހުމަދު ނާޝިދު (ނާދު)، އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި މުހައްމަދު ޝާޒްލީ އާއެކު މަސައްކަތް ކޮށްފަ އެވެ. މި އަހަރުގެ ޕްރެޒިޑެންޓް ކަޕު ކްލަބް ވެލެންސިއާއިން ހޯދިއިރު އިސްމާއީލް އާސިފް (ކުޑަ ހީނާ) ގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރީ ވެސް އާފިއު އެވެ.

"މި ކޯޗުންގެ ކައިރިން ދަސްވި ކަންކަން ވަރަށް ބޮޑަށް އެޕްލައި ކުރިން. އެންމެ ބޮޑަށް ބޭނުން ކުރީ ޓީމު މެނޭޖު ކުރާ ގޮތް. މިހާރު ވެސް ޝާޒް އާއި ހީނާގެ އެޑްވައިސް ވަރަށް ލިބޭ،" ޒުވާން ކޯޗު ބުންޏެވެ.