ބާ ޖަމާލުއްދީންގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ
ބާ ޖަމާލުއްދީންގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ

ބާ ޖަމާލުއްދީން ތެރޭގައި ހުރި ކުނިތަކެއްގައި ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 22:50 ހާއިރު އެކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެތަނުގައި ރޯވެފައި ހުރި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ކަމަކަށް އަދި އެމްއެންޑީއެފުން ނުބުނެ އެވެ.

އެކަމަކު އެ ސަރަހައްދުގައި ތިބި "މިހާރު" ގެ ނޫސްވެރިން ބުނާ ގޮތުގައި އެތަނުން އަލިފާންގަނޑު ފެންނާކަށް ނެތެވެ. އެކަމަކު މުޅި ސަރަަހައްދަށް ދުންތައް ފެތުރިފައިވާއިރު ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު އެ ހިސާބުން މަޖީދީ މަގަށް ވެސް ކޮށްފައިވާ ކަަމަށް ބުންޏެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި އަލިފާން ރޯވީ ވެލްޑިން ކުރަނިކޮށް ކުނިތަކުގެ ތެރެއަށް ކަނި ބުރައިގެންނެވެ. އެތަނުގެ ތެރޭގައި ހުރީ ލަކުޑި އާއި ކަރުދާސް ކަހަލަ އެއްޗެހި ކަމަށްވެ އެވެ.